ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރު: ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމާމެދު މިހަފްތާގައި ގޮތެއް ނިންމަނީ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަލީމަތު ލަމްހާ އަބްދުއްރަޙްްމާން
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައި ވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ބުދަ ދުވަހުގެ މި އަޑުއެހުމަކީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރު މުރާޖައާ ކުރުމަށް އޭނާގެ ފަރާތުން އެދިފައިވާތީ ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ ޤާނޫނު ތަސައްވުރު ކުރާ ބީދައިން ލަމްހާގެ ބަންދު މުރާޖައާ ކުރުމަށް އެދި ދައުލަތުން ހުށަހަޅާފައިނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ދައުލަތުގެ ވަކީީލު ވިދާޅުވީ އެގޮތަށް ހުށަހަޅާފައި ނުވާނެ ކަމަށާއި، ސަބަބަކީ ލަމްހާގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް ދައުލަތަށް ނުފެންނާތީ ކަމަށެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން ލަމްހާ ބަންދުން ދޫކޮށްލުމުން އޭނާގެ ބަންދު ދަމަހައްޓާފައިވަނީީ 20 ޑިސެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމުގެ ދަށުންނެވެ. އެހެންކަމުން އޭގެ ފަހުން ދައުލަތުުން ބަންދު މުރާޖައާ ކުރުމަށް އެދި ކޯޓަށް ފޯމު ހުށަހަޅާފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ލަމްހާގެ ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގައި މިހާރުވެސް ގިނަ އަދަދެއްގެ ހެކިންގެ ހެކިބަސް ނެގިފައިވާ ކަމަށާއި، ހެއްކަށް ނުފޫޫޒު ފޯރުވުމުގެ އިހްތިމާލު ނުހަނު ބަލިކަށި ކަމަށެވެ. އަދި ލަމްހާ މީގެ ކުރިން ބަންދުން ދޫކޮށްލި މުއްދަތުގައިވެސް އޭނާގެ ފަރާތުން މުޖުުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ހިނގާފައިނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ޝަރުތުުތަކާއެކު ބަންދުން ދޫކޮށްލުމުގެ ފުރުސަތު މިހާރު އޮތްކަމަށް ޤަބޫލު ކުރެވޭކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ދައުލަތުން ވަނީ މި މައްސަލައިގައި ލަމްހާގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް ނުުފެންނަކަމަށް މި އަޑުއެހުމުގައިވެސް ބަޔާން ކުރައްވާފައެވެ. އަދި މިހާރުވެސް ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތްކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

އެކަންކަމާ ގުޅިގެން ޝަރީއަތުންވެސް ބައެއް ކަންކަން ސާފު ކުރައްވާފައިވެއެވެ. ގާޒީ ވިދާޅުވީ، ލަމްހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހަލީމަތާއި އެކު ދެން ހައްޔަރުކޮށްފައި ވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި އެވެ. 2021، އޮކްޓޯބަރު  ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، މާވިން އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް 06 އަހަރާއި 04 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: