ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަފްތާ 14 ގެ މަޤުސަދު ވަނީ ހާސިލްކުރެވިފަ: ރާފިޢު

ސްޕޯޓް މިނިސްޓަރ އަބްްދުﷲ ރާފިޢު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ހަވާލުވެ ހަފްތާ 14 ގައި ހިމަނައިފައިވާ މަސައްކަތްތައް ވަނީ ހާސިލްވެފައި ކަމަށް ސްޕޯޓް މިނިސްޓަރ އަބްްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަރވިއުގައި މިނިސްޓަރ ވިދާޅުވީ، ހަފްތާ 14 ގެ %100 ހާސިލްކުރެވިފައި ކަމަށެވެ. އޭގެ ތެރޭގައި ކުރަންފަށައިފައިވާ މަސައްކަތްތަކާއި ނިމިފައިވާ މަސައްކަތްތައް ހިމެނިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. މިނިސްޓަރ ވިދާޅުވީ، އެންމެ ފުރަތަމަ ކަމެއް ގޮތުގައި ރާއްޖޭގައި ކުޅިވަރު ދިރުވައި އާލާކޮށް އަދި މޮޅެތި އެތްލީޓުން ރާއްޖޭގައި ބިނާ ކުރުމަށްޓަކައި ލޯގު ޓާމް ޕްލޭނެއް އެކުލެއްވި ކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައިވަނީ ކުޅިވަރުގެ މުއައްސަސާތަކާއި ގުޅިގެން ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.

މުއައްސަސާތަކާއި މަޝްވަރާކުރެވި، އެބޭފުޅުން ބޭނުންވާ ގޮތަށް ޕްލޭން ކުރުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މޮޅެތި އެތްލީޓުން ރާއްޖޭގައި ބިނާ ކުރުމަށްޓަކައި ރާއްޖޭއިން ބޭރުގެ ކޮންސަލްޓެންޓުންގެ އެހީ ހޯދައްވައި ހަފްތާ 14 ގެ ތެރޭގައި ކުރަންޖެހިފައިވާ މަސައްކަތްތައް ދެނެގެނެވިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

“ އޭގެ ތެރޭގައި ޙާއްސަކޮށް އަޅުގަނޑު ދަންނަވާނަމަ، އެއާ މުހިންމު އެއް ކަމެއްގެ ފެށުމަކަށް އަޅުގަނޑުމެން ބެލީ ރާއްޖޭގައި ލޯގްޓާމް، ނޫނީ ދިގު ރާސްތާ ކުޅިވަރު ދިރުވައި އާލާކޮށް އަދި މޮޅެތި އެތްލީޓުން ރާއްޖޭގައި ބިނާ ކުރުމަށްޓަކައި އަޅުގަނޑުމެން ލޯގް ޓާމް ޕްލޭނެއް ހެދުމުގެ މަސައްކަތް“ މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ އަދި ބައިނަލް އަޤްވާމީ މުބާރާތްތަކުގައި އެތިލީޓުންނަށް ދިމާވާ އަނިޔާތަކަށް ފަސްޓް އެއިޑް ހޯދާނެ ގޮތަށް ދެނެގަނެ އެކަން ކުރުމަށް އުސޫލެއް ކަނޑައަޅައިފައިވާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން ފަސްޓް އެއިޑްގެ އަމަކީ މަސައްކަތް ފަށާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަފްތާ 14 ގެ ތެރޭގައި ސްޕޯޓް ކޮންޕްލެކްސް ޤާއިމުކުރުމަށް ހިމަނާފައިވާއިރު، މަސައްކަތް ކުރުމަށް ބިން ހޯދައި އެ މަޝްރޫއު ފަށާފައިވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ހަރުދަނާ ގޮތެއްގައި ދިގު ރާސްތާއަކަށް ކުޅިވަރުގެ ދާއިރާ ކުރިއެރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް ފަށައި ގެންނަން ޖެހޭ ބަދަލުތައް ގެނެއުމަށް އޭޖީ އޮފީހަށް ހުށަހަޅައިފައިވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: