”ބުލޫވޭގާ“ ނަމަކަށް ކިޔާ ސަފާރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ހުޅުމާލެ ފަޅުތެރޭގައި އޮތް ”ބުލޫވޭގާ“ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައި ވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ކޮށްފައިވަނީ ރޭ 3:42 ހާއިރު ކަމަށް ވަނީ ބުނެފައެވެ. ”ބުލޫވޭގާ“ ނަމަކަށް ކިޔާ އެ ސަފާރީގައި އަލިފާމުގެ ހުޅުގަނޑު ވަނީ ވަރަށް ބޮޑަށް ހިފާފައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އަދިވެސް އެ އަލިފާންގަނޑު ނިންވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލެއް އަދި ނުލިބެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

