ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީން އިސްނަގައިގެން މަދަނީ އިޖުރާއާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްނަގައިގެން، ޤާނޫނު ނަންބަރު މަދަނީ އިޖުރާއާތުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނު 16 ޑިސެންބަރު 2021 ގައި ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވި އޭގެ 6 މަސްފަހުން ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ރާއްޖޭގެ ކޯޓުތަކުގައި މަދަނީ މައްސަލަތައް ތޮއްޖެހި، މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ޙުކުމްތައް ތަންފީޛުނުވެ މުޅި ނިޒާމަށް މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ ދަތިތައް ކުރިމަތިވެފައިކަމަށް ޖޭއެސްސީއިން ބުންޏެވެ.

ބޭންކުތަކާއި ވިޔަފާރި އިންސްޓިޓިއުޝަންތައް އަދި ޢާއްމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓި މަދަނީ ޢަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދެން އޮތީ ޤާނޫނަށް އިޞްލާޙުތަކެއް ގެނެވިގެންކަމަށް ފެންނާތީ، ޖޭއެސްސީގެ އިސްނެގުމުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، ޤާނޫނު މަދަނީ އިޖުރާއާތުގެ ޤާނޫނު އަށް ގެންނަން ފެންނަ އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބަންޑާރަނައިބު މެދުވެރިކޮށް މި ޤާނޫނު އިޞްލާޙުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް 2024 ނޮވެންބަރު 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 57 ވަނަ ޖަލްސާއިން ނިންމަވާފައިވާތީ، މިއަދު މި އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: