ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ފިއުލް ހައިޑްރަންޓު ނިޒާމުން ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ސަލާމަތްކުރެވޭނެ: ޝަރީފް

ރައީސް މުއިއްޒު އަދި އެމްޑީ ޝަރީފް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އެއަރޕޯޓުގެ އައު ފިއުލް ހައިޑްރަންޓް ނިޒާމާއިއެކު ބޯޓުތަކަށް ތެޔޮ އެޅުމުގައި ހޭދަވާ ވަގުތުން ބޮޑު ބައެއް ސަލާމަތްކުރެވިގެންދާނެކަމަށް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ވެލާނާ އެއަރޕޯޓުގައި ގާއިމުކޮށްފައިވާ ތެޔޮ ރައްކައުކުރުމާއި އުޅަނދުތަކަށް އަޅައިދިނުމުގެ ނިޒާމު އިފްތިތާހުކުރުމަށް ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެމްޑީ ޝަރީފް ވިދާޅުވީ، މި ސަރުކާރުން މަސައްކަތްތަކާއި ހަވާލުވިއިރު ދުވެލި ހުރިގޮތުން ނަމަ 2026 ވަނަ އަހަރަށްވެސް ނިންމޭނެކަމަށް ގަބޫލުނުކުރެއްވޭކަމަށެވެ. އެހެންކަމުން މި މަސައްކަތްތައް އަވަސްކުރުމަށްޓަކައި ދެއްވަމުން އައި އިރުޝާދާއި ރަނގަޅު ޕްރެޝަރަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވާކަމަށެވެ.

އެމްޑީ ޝަރީފް ވިދާޅުވީ، މި ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތަކީ ވަރަށް ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފެނިގެންދިޔަނަމަވެސް ގާތުން ބަލާލާއިރު 8 ކިލޯމީޓަރަށްވުރެ އިތުރު ސަރަހައްދަކަށް ޕްރެޝަރައިޒްކުރެވިފައިވާ ލައިނުތައް އެޅިފައިވާކަން ފެނިގެންދާނެކަމަށެވެ. އަދި ދިގު ދަތުރުތައް ކުރާ އުޅަނދަކަށް 60،000 ލީޓަރުގެ ދެ ބައުޒަރުގެ ތެޔޮ އަޅަންޖެހޭއިރު މީގެ ކުރިން ދޮޅުގަޑީރު ހިނގައިގެންދާއިރުވެސް ތެޔޮ އަޅާ ނިންމާ ނުލެވޭނެކަމަށެވެ.

އެހެންނަމަވެސް ގާއިމުކުރެވިފައިވާ އައު ތެޔޮ އަޅައިދިނުމުގެ ވަސީލަތްތަކާއިއެކު ސާޅީސް ފަސް މިނެޓާއި އެއްގަޑީރާއި ދެމެދުގެ ވަގުތެއް ސަލާމަތްކުރެވިގެންދާކަމަށާއި ބޯޓެއް ބިންމަތީގައި އޮންނަ ވަގުތުތައް ކުޑަވުމުގެ ސަބަބުން ހިންގުންތެރިކަން އިތުރުވެ އެ ބޯޓެއް އުދުހުމަށްޓަކައި ކުރާ ހަރަދުތައް ދަށްވެގެންދާނެކަމަށެވެ. އެހެންކަމުން އެއީ ރާއްޖެއަށް އިތުރު އެއަރލައިންތައް އައުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެކަމަށެވެ.

މިފަދަ ބޮޑު މަސައްކަތްތަކެއް ކުރާއިރު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެކަންވެސް ހިއްސާކުރެއްވިއެވެ. އެހެންކަމުން މި މަސައްކަތްތައް ކުރިއަށް ދާ ގޮތް ބެލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކަންކަމުގައި ބައިވެރިވި އެއަރލައިންތަކަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: