ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙުތުބާ: ޙައްޤަކާއި ނުލާ ފިރިމީހާގާތުން ވަރިވާން އެދޭ އަންހެނާއަށް ސުވަރުގޭގެ ވަސް ޙަރާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޤަކާއި ނުލާ ފިރިމީހާ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވާނެކަމަށް ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވައްފައިވާ ކަމަށް މިއަދުގެ ޙުތުބާގައި ބުނެފި އެވެ.

މިއަދުގެ ޙުތުބާގެ މައުޟޫއުއަކީ ވަރިކުރުމާއި އިއްދައާއި ބެހޭ ހުކުމެވެ. އިސްލާމީ ޝަރީއަތުގައި ވަރިއަކީ، ފިޤްހީ އެތައް ޙުކުމެއް ހިމެނޭ ކަމެއް ކަމަށާއި، ކައިވެންޏާއި ވަރިއަކީ އެ ކަންކަމުގައި ސަމާސަކުރުން ހިމެނޭ ކަމެއް ނޫން ކަމަށް ޙުތުބާގައި ވަނީ ބުނެފަ އެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވައްފައި ވަނީ، ޙައްޤަކާއި ނުލައި، ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެން ވާން ކަމަށެވެ.

ވަރީގެ މައިގަނޑު ދެ ބާތެއްވާއިރު ހުތުބާގައި ބުނީ އެއީ ރަޖުޢީ ވަރިއާއި ބާއިނު ވަރި ކަމަށެވެ. ރަޖުޢީ ވަރިއަކީ، ފުރަތަމަ ފަހަރާއި، ދެވަނަ ފަހަރު ކުރާ ވަރީގެ ޢިއްދައިގެ ތެރޭގައި، ފިރިމީހާ އޭނާގެ އަނބި މީހާ ރުޖޫޢަ ކުރިކަމަށް ބުނުމުން އަނބިމީހާ ރުޖޫޢަކުރެވޭ ވަރިއެވެ. އަދި ބާއިނު ވަރިއަކީ، ފުރަތަމަ ފަހަރާއި، ދެވަނަ ފަހަރުގެ ވަރީގެ އިއްދަ ހަމަވުމާއި، ތިންފަށް ވަރިއާއި ޙުލްޢު ވަރިއެވެ. ޙުތުބާގައި ބުނީ، ބާއިނު ވަރިއަކުން އަނބިމީހާ ވެރިކޮށްފި ނަމަ ކައިވެނި ރުޖޫޢައެއް ނުކުރެވޭނެ ކަމަށެވެ.

ޙުކުމުގެ ގޮތުން ވަރި ބެހިގެންވަނީ ދެބަޔަކަށް ކަމަށާއި އެއީ ސުންނީ ވަރިއާއި ބިދުވީ ވަރި ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ. ސުންނީ ވަރިއަކީ، އަނބިމީހާ ބަލިވެއިންދައި، ނުވަތަ ޖިމާޢުވެފައިނުވާ، ޠުހުރެއްގައި، ޞަރީޙަ އިބާރާތުން، ވަރިކޮށްފައި ކަމަށް ބުނެމެވެ. އަނބިމީހާ ޙައިޞުގެ ތެރޭގައި ވަރިކުރުމާއި، ޖިމާޢުވެފައިވާ ޠުހުރެއްގައި ބަލިވެއިންކަން ނުވަތަ ނޫންކަން ނޭނގޭ ޙާލުގައި ވަރިކުރުމާއި، އެއް ފަހަރާ ތިން ފަށް ވަރިއަކުން ވަރިކުރުމަކީ ބިދުޢައެއް ކަމަށް ޙުތުބާގައި ވަނީ ބުނެފައެެވެ.

ޙުތުބާގައި ބުނެފައި ވަނީ ވަރި ކުރުން ހުއްދަވާ ސަބަބުތަކުގެ ތެރޭގައި އަނބިމީހާގެ އަޙްލާޤު ނުބައިވުމާއި، ޒަވާޖީ ޙަޔާތުގެ އިންތަކުން ބޭރުވުމާއި، ﷲ ގެ އަމުރުފުޅުތަކަށް ފަރުވާކުޑަ ކުރުމާއި، ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ޙަޔާތް ވޭތުނު ކުރެވޭނެކަން ކަށަވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުން ކަމަށެވެ.

ފިރިމިހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ޙައްޤުތައް އަދާ ނުކުރާނަމަ، އަނބިމީހާއަށް ކައިވެނި ޙުލްޢުކުރުމަށް ހުށަހެޅުން ހުއްދަވާނެ ކަމަށާއި އެފަދަ ޙާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭނެ ކަމަށް ޙުތުބާގައި ވަނީ ބުނެފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: