ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށި ބޯޓާއި އެގްރިބޯޓު ބޭނުން ނުކުރާތީ ވައްޑޭގެ ކަންބޮޑުވުން!

ތިމާވެށި ބޯޓާއި އެގްރި ބޯޓު : ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތަރައްގީއަށާއި އިޖްތިމާއީ ލުއިފަސޭހަކަަމަށްޓަކައި ބޭރު ގައުމުތަކުގެ އެހިތެރިކަމާއިއެކު ހޯދާފައިވާ ވަސީލަތްތަކުގެ ބޭނުން ނުހިފާކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަހީދުވަނީ ޖަޕާނުގެ ސަރުކާރާއި ޔޫއެންޑީޕީ މެދުވެރިކޮށް 2023 ވަނަ އަހަރުގެ މެދު ތެރޭގައި ގާއިމުކުރެވުނު އެއްބަސްވުމުގެ ދަށުން އެގްރޯނެޓު ކުންފުނީގެ ބޭނުމަށް ފަރުމާކުރި އެގްރި ބޯޓުގެ މަސައްކަތްތައް ކުރިއަށް ނުދާކަން ހިއްސާކުރައްވާފައެވެ. މިއީ ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތަކާއި ރަށްތަކަށް ބޭނުންވާ މޭވާ ތަރުކާރީގެ ބާވަތްތައް ޓްރާންސްޕޯޓުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކެކެވެ. އޭނާ ވިދާޅުވީ، އެގްރިބޯޓު ހުޅުމާލެ ސަރަހައްދުގެ ފަޅުގައި އަޅާފައި އޮންނަތާ އެތައް ޒަމާނެއް ވެފައިވާކަމަށާއި އޭގެން އެއްވެސް ބޭނުމެއް ނުކުރާކަމަށެވެ.

ވޯލްޑް ބެންކުގެ ކްލީން އެންވައިރަމެންޓު މަޝްރޫޢުގެ ދަށުން ފަންޑިން ހޯދައިގެން ގެނެސްފައިވާ 100 ފޫޓުގެ ތިމާވެށި ނަން ދެވިފައިވާ ބޯޓުގެ ބޭނުން ނުހިފާކަމަށްވެސް ފާހަގަކުރެއްވިއެވެ. މި ބޯޓު ގެންނާނެކަމަށް ރިޕޯޓުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެދު ތެރެއިންކަމަށްވާއިރު މިއީ އެންވައިރަމެންޓު ޕްރޮޓެކްޝަން އެޖެންސީގެ ދިރާސީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާގެ އެހީތެރިކަމާއިއެކު ބިނާކޮށްފައިވާ ވަސީލަތެއްކަން ފާހަގަކުރެވެއެވެ. ވަހީދު ވިދާޅުވީ، އެބޯޓުވެސް ހުޅުމާލެ ފަޅުގައި އަޅާފައި އޮންނަތާ އެތައް ޒަމާނެއް ވެފައިވާކަމަށާއި ބޭނުން ނުކުރާކަމަށެވެ.

އޭނާ ވިދާޅުވީ، އެ ދެ އުޅަނދު ބޭނުންކޮށްގެން އެއްވެސް މަސައްކަތްތަކެއް ކުރިއަށް ނުގެންދާނަމަވެސް މިތަކެތި ހޯދަން ބޭނުންވެގެން އުޅުނުއިރު އެތަކެތީގެ ބޭނުން އިންތިހާއަށް ޖެހިފައިވާކަމަށް ހީވެގެންދިޔަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: