ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލާ ޙަމާސްއާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރުން ޤަތަރުން ވަގުތީގޮތުން ހުއްޓާލައިފި

އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ޤަތަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލާއި ޙަމާސްއާ ދެމެދު ސުލްޙަ ޤާއިމުކޮށް، ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރުން ޤަތަރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީން ބުނީ، ސުލްޙައިގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އެ ޤައުމުން އަލުން އަދާކުރަން ފަށާނީ ޙަމާސްއާއި އިޒްރޭލުންވެސް މަޝްވަރާކުރުމުގެ ރޫހު އިސްކޮށް، އަނިޔާވެރިކަން ދޫކޮށްލަން ތައްޔާރުވުމުން ކަމަށެވެ.

ޤަތަރުން ވަނީ މީގެ 10 ދުވަސް ކުރިން ޙަމާސްއާއި އިޒްރޭލަށްވެސް އެކަން އަންގާފައެވެ. އެގޮތުން އެ ޤައުމުން ސުލްޙައިގެ އެންމެ ފަހުގެ މަޝްވަރާތައް ޙަމާސްއާއި އިޒްރޭލާއެކު ކުރާނެ ކަމަށާއި، ނަމަވެސް މިފަހަރު ނަތީޖާއެއް ނުނިކުމެއްޖެނަމަ އެ މަސައްކަތް ހުއްޓާލާނެކަމަށް ޤަތަރުން އޮތީ އަންގާފައެވެ.

2012 ވަނަ އަހަރުން ފެށިގެން ޤަތަރުގެ ވެރިރަށް ދޯހާގައި ޙަމާސްގެ އޮފީހެއް ހުރެއެވެ. އެއީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ޤަތަރުގައި ޤާއިމުކުރި ތަނެކެވެ.

އެހެންނަމަވެސް މިހާރު ޤަތަރުން އެމެރިކާއާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި، ޙަމާސްގެ އޮފީސް ބަންދު ކުރުމަށް އެ ޖަމާއަތަށް އެންގުމަށް އެމެރިކާއާއެކު އެއްބަސްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންނަމަވެސް އެ ރިޕޯޓުތައް ޤަތަރުގެ ފޮރިން މިނިސްޓްރީންނާއި، ޙަމާސްގެ އޮފިޝަލުންވެސް ވަނީ ދޮގުކޮށްފައެވެ.

ޤަތަރަކީ އެ ސަރަޙައްދުގައި އެމެރިކާގެ ބައިވެރިއެއްގެެ ރޯލު އަދާކުރާ ޤައުމެކެވެ. އެގޮތުން އެމެރިކާގެ ބޮޑު އަސްކަރީ ބޭސްއެއް ޤަތަރުގައި ޤާއިމުކޮށްފައިިވާއިރު، ސިޔާސީ ގޮތުންް ވަރަށް ޙައްސާސް މަޝްވަރާތަކުގައި ޤަތަރުން އެމެރިކާގެ މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވެއެވެ. އޭގެ ތެރޭގައި އިރާނާއި، ތާލިބާން އަދި ރަޝިއާއާއެކު އެމެރިކާއިން ކުރި މަޝްވަރާތައް ހިމެނެއެވެ.

އޭގެ އިތުރުން، ފާއިތުވި އަހަރު ދުވަސް ތެރޭގައި އެމެރިކާ އަދި މިސްރާއެކު ޤަތަރުންވެސް އިޒްރޭލާއި ފަލަސްތީނު މައްސަލައިގެ ސުލްޙަ ހޯދުމުގެ މަސައްކަތުގެ މެދުވެރިއެއްގެ ރޯލު އަދާކޮށްދީފައިވެއެވެ.

އެހެންނަމަވެސް މިހާރު ޤަތަރުގެ ސިޔާސީ ގުޅުން އެމެރިކާއާ ގާތަށް ޖެހިލާފައިވާ މަންޒަރު ފެންނަމުންދާކަމަށް ބޭރުގެ ތަޖުރިބާކާރުންނާ ޙަވާލާދީ ރިޕޯޓުތައް ބުނެއެވެ. އެގޮތުން މީގެ ކުރިން ޙަމާސްގެ ލީޑަރު އިސްމާއިލް ޙަނިއްޔާ އަވަހާރަކޮށްލި ފަހަރު ޤަތަރުން ވަނީ ހިތާމަފާޅު ކުރުމުގެ ޙަރަކާތްތައް އިންތިޒާމު ކުރުމުގައި ރަސްމީކޮށް އެހީީތެރިކަން ފޯރުކޮށްދީ އަދި ނުވިތާކަށް ދައުލަތުން އެ ޙަރަކާތަށް ސެކިއުރިޓީވެސް ފޯރުކޮށްދީފައެވެ.

އެހެންނަމަވެސް ދާދި ފަހުން ޙަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރު އަވަހާރަކޮށްލުމާއި ގުޅިގެން ޙަމާސްއިން ހިތާމަ ފާޅު ކުރުމަށް ބޭއްވި ދެ ގަޑިއިރުގެ ބައްދަލުވުން ކުރިއަށް ގެންދަން ޖެހުނީ ދޯހާގައި ހުންނަ ކުޑަ ހޯލެއްގެ ތެރޭގައެވެ.

އިޒްރޭލާއި ޙަމާސްއާ ދެމެދު ކުރެވެމުންދާ މަޝްވަރާތަކަށް ބަލާއިރު، އިޒްރޭލުން އެދެނީ ޙަމާސްއިން ހައްޔަރުކޮށްފައިވާ އެ ޤައުމުގެ އަސީރުން ދޫކޮށްލުމަށެވެ. ނަމަވެސް ޙަމާސްއިން އެކަމާ ދެކޮޅުހަދާ ސަބަބަކީ ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރިކަން ހުއްޓާލާނެކަމުގެ ޔަޤީންކަމާއި، ގާޒާއިން އިޒްރޭލުގެ ޓެރަރިސްޓް ސިފައިން ބާލާނެކަމުގެ ޔަޤީންކަން އިޒްރޭލަށް ނުދެވޭތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: