ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިސްޓުން އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ގެނައި ނަމަވެސް ޖޫރިމަނާއެއް ނުކުރާނެ، ނަމަވެސް އެތަކެތި ނައްތާލެވޭނެ

ދުންފަތުގެ މާކެޓް 1.8 މިލިއަން ރުފިޔާއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުތުތަކާ ޚިލާފަށް ޓޫރިސްޓުން އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ރާއްޖެއަށް ގެނައި ނަމަވެސް ޖޫރިމަނާއެއް ނުކުރާނެ ކަމަށާއި، ނަމަވެސް އެތަކެތި ނައްތާލެވޭނެކަމަށް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައި ހިމަނައިފިއެވެ.

މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ވިޔަފާރީގެ ނަމުގައި ނުވަތަ ވިޔަފާރީގެ ބޭނުމަށ،ް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަނުކޮށް ދިވެހިރާއްޖެއަށް ދުންފަތުގެ
ބާވަތްތައް ގެންނަ ހާލަތުގައި، އެ ތަކެތި ގެނައި ފަރާތް ޖޫރިމަނާ ކުރުމަށްފަހު އެ ތަކެތި ނައްތައިލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.

އެހެންނަމަވެސް އޭގެ ތެރޭގައި އިސްތިސްނާތަކެއް ވަނީ ހިމަނާފައެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުން ޕޯސްޓް ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން އަމިއްލަ ފަރުދުންގެ ނަމުގައި އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ
ބާވަތްތަކާއި، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ދަތުރުވެރިން އަމިއްލަ ނަމުގައި އަމިއްލަ ބޭނުމަށް ރާއްޖެއަށް ގެންނަ ދުންފަތުގެ ބާވަތްތައް ޖޫރިމަނާ ކުރުމުން އިސްތިސްނާވާނެއެވެ. އެ ޙާލަތުގައިިވެސް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ނައްތައިލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުން އަމިއްލަ ބޭނުމަށް އެތެރެކުރާ 200 ސިގިރެޓް، 25 ސުއްޓާ ނުވަތަ 250 ގްރާމްް ދުންފަތެވެ.

ސަރުކާރުން ގެންދަނީ ދުންފަތުގެ ބާވަތްތައް އެތެރެކުރުން އިތުރަށް ރެގިއުލޭޓުކޮށް، ދުންފަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް މިހާރު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ކުރަމުންދާއިރު، އެ ބިލާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މިނިސްޓްރީ އޮފް ހެލްތު އަދި އެޗްޕީއޭގެ ބޭފުޅުންނާ ދާދި ފަހުން ކޮމިޓީން ވަނީ މަޝްވަރާކޮށްފައެވެ.

ކޮމިިޓީގެ ބައިވެރިން ވަނީ ދުންފަތާބެހޭ ޤާނޫނުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭކަން ފާހަގަކޮށްފައެވެ. އެގޮތުން މުޅި ޤާނޫނަށް 14 އަހަރުވެގެންދިޔައިރުވެސް ޤާނޫނުގައި ހުރި ކަންކަން ތަންފީޒު ނުވާ ކަމަށާއި، އެހެން ދިމާވަނީ ޤާނޫނު ތަންފީޒު ކުރުމުގައި އެކިއެކި އިދާރާތަކުން ދޭން ޖެހޭ އެކަށީގެންވާ އެއްބާރުލުން ނުލިބޭތީކަމަށްވެސް ކޮމިޓީގެ ބައިވެރިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: