ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަށް 2025 ގައި ބޮޑެތި ހަރަދުތަކެއް ކުރުމަށް ހިމެނިފައިވޭ: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓާކައި ބޮޑު ހަރަދުތަކެއް ކުރުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ޑީޑީ ވިދާޅުވީ، މިއަހަރަށް ކަނޑައެޅިފައިވަނީ 49.2 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށާއި ޑެފިސިޓު ހުރީ 9.4 ބިލިއަންގައިކަމަށް ހިއްސާކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އެކަމާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށާއި ސަބަބަކީ ދިވެހިރާއްޖޭގެ ބޮޑު ދަރަންޏެއް އޮތުންކަމަށެވެ. ޑީޑީ ވިދާޅުވީ، އެމްޑީޕީއިން 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށް ބަލާއިރު 13.6 ބިލިއަންގެ ޑެފިސިޓެއް އޮތްކަން ފެނިގެންދާޚަމަށާއި އެއީ މިއަހަރުގެ ބަޖެޓު ޑެފިސިޓް އަންދާޒާ އާއި ބަލާއިރު 4.2 ބިލިއަންގެ އިތުރުވުމެއްކަމަށެވެ. އެހެންކަމުން މިހާރު އެ އަދަދުތައް ވަނީ ކުޑަކުރެވިފައިކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި ބަޖެޓުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ އާންމު މުހިންމު ކަންތައްތަކަށް ޓާގެޓުކުރެވިފައިވާކަމަށާއި މިސާލެއްގެ ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބޯހިޔާވަހިކަމަށް އެދެމުންދާއިރު ފޯރުކޮށްދެވިފައިނުވާކަމަށް ވިދާޅުވިއެވެ. ޑީޑީ ވިދާޅުވީ އެކި ސަރުކާރުތަކުން އެ ވާޙަކަތައް ދައްކަމުން މިހާ ހިސާބަށް އައިއިރުވެސް އެ ހިދުމަތްތައް ލިބިދިނުމަށް އެދެމުންދާ ރައްޔިތުންގެ އަދަދުތައް މަދު ނުވާކަމަށާއި އެހެންނަމަވެސް މި ސަރުކާރުން ތައްޔާރުވަމުންދަނީ ވަރަށް އަވަސް ގޮތެއްގައި 4000 ފްލެޓު ރައްޔިތުންނާއި ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ. އެހެންނަމެވެސް އެތައް ހާސް ބަޔަކު އަދިވެސް ތިބިކަމަށާއި އެ މައްސަލައަށް ހައްލުތަކެއް ގެނައުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަމަށެވެ.

ޑީޑީ ވިދާޅުވީ، ބޮޑެތި ހައްލުތަކެއް ފެނިގެންދާނެކަމަށާއި 2025 ވަނަ އަހަރުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ބޮޑު ހަރަދެއް ކުރުމަށް ކަނޑައެޅިފައިވާކަމަށެވެ. އެގޮތުން ޕީއެސްއައިޕީ މަސައްކަތްތަކަށް 12.4 ބިލިއަން ރުފިޔާ ހިމެނިފައިވާއިރު އޭގެ ތެރެއިން ލަފާފުރުމުގެ ދަތިތައް ހުރި ރަށްތަކަށް 4.2 ބިލިއަން ރުފިޔާ ހިމެނިފައިވާކަމަށެވެ. އަދި ބޯހިޔާވަހިކަމަށް 2.1 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު ބިން ހިއްކުމަށްޓަކައިވެސް 1.4 ބިލިއަން ހިމެނިފައިވާކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި 1.7 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާކަމަށާއި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރުމަށް 1.1 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާކަމަށެވެ. ސިއްހީ ހިދުމަތްތައް ދެވިގެންދާކަން ކަށަވަރުކުރުމަށްޓަކައިވެސް ބަޖެޓުގައި ހިމެނިފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ. ޑީޑީ ވިދާޅުވީ އެ ދާއިރާ ކުރިއެރުވުމުގެ ގޮތުން 1 ބިލިއަން ރުފިޔާ ހިމެނިފައިވާކަމަށާއި އެހެނިހެން ހިދުމަތްތައް ދިނުމުގެ ގޮތުންވެސް 900 މިލިއަން ރުފިޔާ ސަރުކާރުން ހިމަނާފައިވާކަމަށެވެ. އެހެންކަމުން މުޅި ބަޖެޓުން ޕީއެސްއައިޕީއަށް ހަރަދުކުރުމަށް ކަނޑައަޅާފައިވާ ހިސާބުތަކަށް ބެލުމުން ބޮޑު ކުރިއެރުމެއް އައިސްފައިވާކަން ފެނިގެންދާކަމަށެވެ.

އޭނާ ވިދާޅުވީ، ބަޖެޓު ޑެފިސިޓްވެސް 2024 ވަނަ އަހަރުން 2025 ވަނަ އަހަރަށް ދާއިރު ކުޑަވެގެންދާކަމަށާއި 4.2 ބިލިއަން ކުޑަކުރެވޭކަމަށެވެ. އަދި މި ބަޖެޓުން އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ފުދުންތެރި ރައްޔިތުން އުފެއްދުމަށް މި ބަޖެޓުގައި ހިމެނިފައިވާކަމަށެވެ. ޑީޑީ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ އައްޑޫގެ ހުޅުމީދޫ އަދި ހިތަދޫ ބުރިޖަކުން ގުޅުވާލުމަށް ވައުދުވެފައިވާކަމަށާއި އެކަން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާނެކަން ބަޖެޓުން ފެނިގެންދާކަމަށެވެ.

ޑިޑީ ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ ތަފާތު އެކި މަޝްރޫޢުތައް ހިންގުމަށް ހިމެނިފައިވާކަމަށާއި ލިންކުރޯޑުވެސް ވީރާނާވެފައިވާއިރު މި ސަރުކާރުން 2025 ވަނަ އަހަރުގެ ތެރޭގައި ވަރަށް އިސްކަންދީގެން އައްޑޫގައި ނުނިމި ހުރި މަގުތައް ނިންމުމުގެ މަސައްކަތްކުރާނެކަމަށެވެ. އަދި ކަމާއި ބެހޭ ފަރާތްތަކުން އައްޑޫއަށް ކުރިމަތިވެފައިވާ އަސާސީ ހިދުމަތްތަކުގެ ދަތިކަން ހައްލުކުރުމަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވިގެންދާނެކަން ހިއްސާކޮށްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: