ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ނިންމުންތަކުގެ ނަތީޖާ ރަނގަޅެއް ނުވާނެ: ކުޑޫ

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުއްލިއަކަށް މަޖިލީހުން ނިންމާ ނިންމުންތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްުޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު މުހައްމަދު އިބްރާހިމްވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހުގެނައުމާއި ގުޅޭގޮތުން ކުރެވިފައިވާ މަސައްކަތްތަކާއިމެދު ކަންބޮޑުވުންތައް ހުރިކަމަށެވެ.

މެމްބަރު ވިދާޅުވީ، ހިޔާލު ހޯދުމުގެ ގޮތުން ކޮމިޓީއަށް ހާޒިރުކުރެވުނީ ފުލުހުންގެ މުއައްސަސާއާއި އެޗްޕީއޭގެ އިތުރުން ހެލްތު މިނިސްޓްރީގެ މަންދޫބުންކަމަށެވެ. އަދި ފުލުހުންވަނީ ކޮންޓްރޯލްކުރުމަށްޓަކައި ނިންމާފައިވާ ކަންކަން ތަންފީޒުކުރުމުގައި ދަތިތައް ހުރިކަން ހާމަކޮށްފައިކަންވެސް ފާޙަގަކުރެއްވިއެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ، އަނެއްކާވެސް ގާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު އެ ގާނޫނު ތަންފީޒުކުރެވޭނެ ގޮތެއް ނެތްކަމަށާއި ދެން ހަދާނެ ގޮތެއްވެސް ނޭނގޭކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގައި ކުރެވޭ މަސައްކަތްތަކަކީ ރައްޔިތުންގެ ކުރިމަތީގައި ޖޯކަކަށް ވެގެންދާގޮތަށް ކަންކަން ކޮށްގެން ނުވާނެކަމަށާއި މިއީ ވިސްނަން ޖެހިފައިވާ ކަމެއްކަމަށެވެ. މެމްބަރު ވިދާޅުވީ، ފުލުހުންވަނީ ގޮންޖެހުންތަކެއް ހުރިނަމަވެސް ތަންފީޒުކުރުމަށް ކަނޑައެޅިފައިވާ ގޮތަށް އެ މަސައްކަތްތައް ކުރާނެކަން ކޮމިޓީގައި ހިއްސާކޮށްފައިކަމަށާއި ކަމާއި ގުޅުންހުރި އެހެނިހެން ފަރާތްތަކާއިއެކު މަޝްވަރާތައްކުރުމަށް ފުރުސަތު ނުލިބޭކަމަށެވެ. މެމްބަރު ވިދާޅުވީ، ރައްޔިތުންގެ ހިޔާލުތައްވެސް ވަޒަން ކުރެވިފައިނުވާކަމަށާއި ހުއްދަތަކެއް ނަގައިގެން މި ވިޔަފާރިކުރަމުންދިޔަ ފަރާތްތަކުގެ އަޑުވެސް މަޖިިލީހަށް އެހިފައިނުވާކަމަށެވެ.

އޭނާ ވިދާޅުވީ، މިވާޙަކަތަކާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާކަމަށް ފެނިގެންދާ ބައެއް ޓީވީތަކުން ސިނގިރޭޓާއި އެއްކޮޅަށް ވަކާލާތުކުރިކަމަށް ސިފަކޮށް ޕްރޮގްރާމްތައް ގެނެސްދޭނަކަމަށްވީނަމަވެސް ކުރައްވަމުންދަނީ އެ މަސައްކަތްތައް ނޫންކަމަށެވެ. އަދި މަސައްކަތްތަކެއް ކުރަމުންދަނީ ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ގެއްލުންތައް ވެގެންދާކަމަށްވުމުން އެ ފަރާތްތަކާއިމެދު އަމަލުކުރާނެ ގޮތެއް ބެލުމަށްކަމަށާއި ވިޔަފާރީގެ ވައްޓަފާޅިއަށް ބަދަލުތައް ގެނެސްގެންނަމަވެސް ގެއްލުންތައް ކުޑަކުރުމަށް އެކަށީގެންވާ ފުރުސަތެއް އެ ފަރާތްތަކަށް ދިންނަމަ 400 ވަރަކަށް ރައްޔިތުންގެ ވަޒީފާތައް ސަލާމަތްވީސްކަމަށެވެ.

މި މަސައްކަތްތައް ނިންމުމަށް އެންމެ ފުރަތަމަ ކަނޑައެޅުން ދުވަސް ބަދަލުވެ އެއަށްފަހު މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާކަމަށްވުމުން 15 ނޮވެމްބަރަށް ބަދަލުވެގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ބޭނުންވެވަޑައިގަތުމުން މަސައްކަތްތައް ވަކި ގޮތަކަށްކުރަންވީކަމަށެވެ. އެހެންނަމަވެސް އެކަންކަން ކުރުމުގައި ކޮންމެވެސް އުސޫލެއް އޮންނަންޖެހޭކަމަށާއި މަޖިލީހުގައި މަޝްވަރާގެ ރޫހު ފެނިގެން ނުދާކަމަށެވެ. އަދި ކުއްލި ކުއްލިޔަށް ނިންމާލާ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް އެއްގޮތަކަށްވެސް ނުފެންނަކަމަށެވެ. އެހެންކަމުން ހުވާތަކެއް ކޮށްގެން މަޖިލީހަށް އައިސް ހުށައެޅޭ ބިލުތަކަށް ބަލާ ނުލައި ވޯޓުދިނުމަކީ އެންމެ ޒިންމާދާރު ގޮތްކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: