ހުޅުމާލޭގައި ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނު ކުރި މައްސަަލައިގައި މާލެއަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ ނޮވެމްބަރ 11 ވަނަ ދުވަހުގެ ރެޔެވެ.
ފުލުހުން ބުނީ ހުޅުމާލެ އޯކިޑްމާ ހިނގުމުގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކާ އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅާ ފައިދާއަށް ޑިމާންޑް ކުރިކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތޮލާލް މޫސާއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

