ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމީ ލެބޯޓްރީގެ މަސައްކަތް ފެށިފައި ނުވަނީ އިމާރާތް ނެތުމުގެ ސަބަބުން: ޑރ. ރަމީލާ

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ލެބޯޓްރީ ޤާއިމުކުރާނެ އިމާރާތެއް ނެތުމުގެ ސަބަބުން އެ މަޝްރޫއު އޮތީ ނުފެށި ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިސަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަސްތަަކަށް ޖެހޭ ތަފާތު ވައްތަރުގެ ބަލިތައް ދެނެގަނެވޭނެ ލެބޯޓްރީއެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ރާއްޖޭގައި ދަނޑުވެރިކަމުގެ ލެބޯޓްރީއެއް، ނެތުމުގެ ސަބަބުން، ބޭރަށް ސާންޕަލް ފޮނުވައިގެން ޓެސްޓްތައް ހަދަން ޖެހުމުގެ ސަބަބުން ބޮޑު ޙަރަދެއްދާ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވަޒީރު ވަނީ ސަންގު ޓީވީއަށް ޤައުމީ ލެބޯޓްރީ މަޝްރޫއާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ. އެގޮތުން ނިމިދިޔަ އަހަރުތަކުގައި ޤައުމީ ލެބޯޓްރީ ޤާއިމުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ލެބޯޓްރީ ޤާއިމުކުރާނެ އިމާރާތެއް ނެތުމުގެ ސަބަބުން އެ މަޝްރޫއު އޮތީ ނުފެށިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރާއި ހަވާލުވުމަށް ފަހު އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި އަހަރުގެ އޮގަސްޓް މަހުގައި ލެބޯޓްރީ ގާއިމުކުރުމަށް ކޮންޓްރެކްޓަރަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

“ ލެބޯޓްރީގެ އިމާރާތް ޤާއިމުކުރެވިފައި ނެތުމުގެ ސަބަބުން ތަކެތި އެ ހުންނަނީ ބޭނުން ނުކުރެވިފައި، ސަރުކާރު އައުމާއެކު މަސައްކަތް ފެށިން މިހާރު އޮތް ހިސާބުންވެސް ލެބޯޓްރީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވޭނެ ކަންތައްތައް ބަލައި އެކަން ކުރެވޭނެ މަގު ފަހި ކުރުމަށްޓަކައި“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޤައުމީ ލެބޯޓްރީ ނިންމުމަށް ހަމަޖެހިފައިވަނީ ތާރީހަކީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުގައި ކަމަށެވެ. މި ލެބޯޓްރީއާއެކު ދަނޑުވެރިކަމުގެ ސިނާއަތުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ގަސްތަކަށް ޖެހޭ ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމާއި ދަނޑުވެރިންނަށް ލިބޭ ގެއްލުން ކުޑަވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: