ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމީ ފެންވަރުގައި ސައިބަރ ސްޕޭސް މެނޭޖުކުރަންޖެހޭ: އިޙްސާން

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ފެންވަރުގައި މުޅި ސައިބަރ ސްޕޭސް މެނޭޖުކުރަންޖެހޭ ކަަމަށް ދާޙިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ސައިބަރ އެކްސްޕޯ 2024 ވެބްސައިތް ލޯންޗް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސައިބަރ ސްޕޭސްގެ ޙާލަތު މިހާރު އޮތްގޮތް ވަޒަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން މި ސަރުކާރާ ހަވާލުވެގެން އައިރު ސަރުކާރުގެ އެކި އިދާރާތަކަށް ސައިބަރ ތްރެޓްސް އާއި މިންވަރާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެ ދޭތެރެއިން ތްރެޓްސް އަންނަވަރު މިހާރުވެސް ވަޒަން ކުރަންޖެހޭ ކަމަށް ވަޒީރު ވަނީ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޒަޢާމަތާ ޑޮކްޓަރ މުޙައްމަދު މުޢިޒް ހަވާލުވެވަޑައިގަތުމާ ހިސާބުން ފެށިގެން، އެވަގުތު ރާއްޖޭގެ ސައިބަރ ސްޕޭސްގެ ހާލަތު އޮތްގޮތް ވަޒަންކުރެވި ރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީން އެންމެ ފުރަތަމަ ނިންމެވި ނިންމެވުމަކީ ދިވެހިރާއްޖޭގައި އެކަމަށް ޚާއްޞަކޮށް އިދާރާއެއް ގާއިމުކުރުން ކަމަށް ވަޒީރު ވަނީ ވިދާޅުވިއެވެ. އަދި އެހިސާބުން ރައީސް ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ އުފެއްދެވީ ކަމަށާއި އެއިރުގަވެސް ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ރާއްޖޭގެ ސައިބަރ ސްޕޭސް ސެކިއުއަރ ކުރުމަށްޓަކައި އެއިދާރާތަކުގެ ލަޔާގަތާ ގާބިލުކަން ހުރި މިންވަރުން އެ މަސައްކަތް ދިޔައީ ކުރަމުން ކަމަށް ވަނީ ވިދާޅުވިއެވެ.

ސައިބަރ އެކްސްޕޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 10 އިން 13 އަށެވެ. މި އެކްސްޕޯ ވެގެންދާނީ ސައިބަރ ސެކިއުރިޓީއަށް ބޭނުންކުރެވޭ ގެޖެޓްސްތަކާއި ސަރވިސްތައް އެއްތަނަކުން ބަލާލެވޭނެ އަދި އާއްމުކޮށް ކުރިމަތިވާ ސައިބަރ އެޓޭކްސްތަކާއި އެފަދަ އެޓޭކްސްތައް ހުއްޓުވަން ކުރެވިދާނެ ކަންކަމާމެދު ފަންނީ މާހިރުންނާ މަޝްވަރާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: