ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލަ: އިބްތިދާއީ މަރުޙަލާ ނިންމާލައި، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދީފި

ކޭޕާކް މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ އިބްތިދާއީ މަރުޙަލާ ނިންމާލައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޙަސަން މަމްދޫހުގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ. މަމްދޫޙުގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

އެ މައްސަލައިގައި ދައުވާ އިއްވުން 6 ނޮވެމްބަރުގައި ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވާއިރު، ބާކީ ހުރި ދައުވާތައް ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ އިއްވާފައެވެ.

އެ ހުރިހާ ދައުވާތަަކަށްވެސް މަމްދޫޙު އަދި ޖައިޝާން ވަނީ އިންކާރުކޮށްފައެވެ.

ނޮވެމްބަރު 6 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވާފައެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތާއި ދިފާއަށްވެސް 25 ދުވަހުގެ މުއްދަތެއް ދެއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަމާ ގުޅޭގޮތުން ވާހަކަ ދެެއްކުމާއި ގޮޮތް ނިންމުމެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ނެތް ނަމަ ޖެނުއަރީ މަހު މައްސަލައިގެ ޝަރީއަތުގެ މަރުޙަލާ ފައްޓަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: