ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ވަބާއިން ސަލާމަތްވާން އޭރުގެ ސަރުކާރުގެ ވެރިން ރަޖާގަނޑު ދަށަށް ވަނީ ޤައުމުގެ ތިޖޫރީއާވެސް އެކުގައި: އަސްލަމް

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ވަބާއިން ސަލާމަތްވާން އޭރު ސަރުކާރުގެ ވެރިން ރަޖާގަނޑު ދަށަށް ވަނީ ޤައުމުގެ ތިޖޫރީއާވެސް އެކުގައިކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން މެމްބަރު އަސްލަމް ވިދާޅުވީ، މި ބަޖެޓުު ޚާއްސަވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުރިއާ  ޚިލާފަށް، ރައްޔިތުންނަށް އުއްމީދުތަކެއް ގެނުވާނެ ގޮތަކަށް މިފަހަރުގެ ބަޖެޓު އެކުލަވާލެވިފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

މި ބަޖެޓު މަޖިލީހަށް ހުށަހަޅާފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށް އިދިކޮޅު މައިޕާޓީ އެމްޑީޕީގެ އިސް ވެރިން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި މެމްްބަރު އަސްލަމް ވިދާޅުވީ، ފާއިތުވެ ދިޔަ 5 އަހަރު ސަރުކާރުން ބަޖެޓުގެ ބޭނުން ހިފާފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ހުދު އޭރު މަޖިލީހުގެ ރިޔާސަތުންވެސް ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަށެވެ.

އަޅުގަނޑު ރައީސް ސާލިޙަށް ދަންނަވާލަން ބޭނުންވަނީ މަނިކުފާނުގެ ސަރުކާރުގައި ޤަވާއިދާ ޚިލާފަށް ބަޖެޓުން ކަންތައްތަކެއް ކުރެވިފައިހުރީތީ މިއަދުވެސް އެހެން ވެދާނެކަމަށް ހީފުޅުކުރައްވާ އެ ވާހަކަތައް އާންމު ތަންތަނުގައި ދެއްކެވުމަކީ އެހާ ރަނގަޅު ކަމެއް ނޫނޭ، ދިވެހި ގިނަ ރައްޔިތުން އަދި މަޖިލީހުގެ މެމްބަރުންވެސް އެ ހަނދާންތަކެއް އަދި ނުނެތެއޭ. އެ ދުވަހު ރިޔާސަތުންވެސް ތަކުރާރުކޮށް އަސަރާއެކު ވިދާޅުވަމުން ގެންދެވި ރާއްޖޭގެ އިޤްތިސާދު ނުކިއްސަރު ޙާލަތަކަށް އެބަ ދެއޭ

މެމްބަރު އަސްލަމް ވިދާޅުވީ، އޭރު އިޤްތިސާދީ ޙާލަތަށް ބެލުމެއް ނެތި ބަޖެޓުގެ ބޭނުން ކުރުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑުގެ ދަތި ޙާލަތުގައިވެސް އޭރު ޤައުމުުގެ ވެރިންނަށް ތިއްބެވި ބޭފުޅުން ޤައުމުގެ ތިޖޫރީ ބޭނުން ކުރައްވާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ކޮވިޑުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން ޚަރަދުކޮށްފައިވަނީ 4 ބިލިއަން ރުފިޔާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ބާކީ ފައިސާއަށް ވީ ގޮތް މާލީ ހިސާބުތަކުން ސާފުވާން ނެތް ކަމަށެވެ.

ކޮވިޑްގެ ވަބާގެ ނުރައްކާތެރި ބިރުވެރި ރަޖާ ދިވެހި ޤައުމުގައި އެޅިގެން ދިޔަ ހިނދު، އޭރު ސަރުކާރުގެ މަތިފަޑީގެ އެންމެން އެ ރަޖާގަނޑު ދަށަށް ވަނީ އޭރު ޤައުމުގެ ތިޖޫރީވެސް ހިފައިގެން، އެކަން ވެގެން ދިޔައީ އެބޭފުޅުން ކުރަން ބޭނުންވި ހިޔާނާތާއި ވައްކަމަށް ވަރަށް ބޮޑު މަގެއް ފަހިވެގެން ދިޔަ ކަމަކަށް،

މީގެ އިތުރުން، ވެންޓިލޭޓަރުތަކުގެ މައްސަލައިގައިވެސް ކަން ހިނގާފައިވަނީ ހަމަ އެފަދަ ގޮތަކަށް ކަމަށް މެމްބަރު އަސްލަމް ވިދާޅުވިއެވެ.

މެމްބަރު އަސްލަމް ވިދާޅުވީ، މިދިިޔަ ސަރުކާރު ނިމުނުއިރު 200 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، 64 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށެވެ. އެހެންކަމުން މިއަދު އެ ދަތިިތައް ރައްޔިތުން އުފުލަމުންދާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މިދިޔަ ސަރުކާރުގައި އަތޮޅު ތެރޭގައިވެސް ބައެއް މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ނުއަގުގައި ކަމަށެވެ.

އޭގެ އިތުރުން، ރަނގަޅު ކަމެއް ކުރައްވާފައިވާނަމަ އެކަމެއްވެސް ޤަބޫލު ކުރައްވާނެކަން ފާހަގަ ކުރައްވައި މެމްބަރު އަސްލަމް ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ބިލެއްދޫ ދާއިރާ ތަމްސީލު ކުރެއްވި މެމްބަރު ދާއިރާއަށް ކޮށްދެއްވާފައިވާ ކަންކަމަށްވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ. ބާކީ ހުރި މަސައްކަތްތައް ކުރެވޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: