ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލު ކިހިނެއް ޕްރޮގުރާމްގައި ފާހަގަކުރެވުނީ ޑޮކްޓަރަށް ދެއްކުމުގައި ދަތިތައް ހުރިކަން: މިނިސްޓަރ

އިޖުތިމާއީ އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާގެ ވަޒީރު ވަޒީރު ޑރ އައިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހާލު ކިހިނެއް ޕްރޮގުރާމްގެ ތެރެއިން ފާހަގަކުރެވުނީ ޑޮކްޓަރަށް ދެއްކުމުގައި ދަތިތަކެއް ހުރިކަމަށްް އިޖުތިމާއީ އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާގެ ވަޒީރު ވަޒީރު ޑރ އައިޝަތު ޝިހާމްް ވިދާޅުވެއްޖެއެވެ.

ހާލު ކިހިނެއް ޕްރޮގުރާމްއަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް، ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގުރާމް އެކެވެ.

ސަރުކާރައަށް އަހަރެއް ފުރުމާއި ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުގައި ވަޒީރު ވަނީ މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވައިފައެވެ. ވަޒީރު ވިދާޅުވީ، ތަފާތު އެކި އެހީއަށް ބޭނުންވާ ފަރާތްތައް ތިބި ކަމަށެވެ.

ޙާލު ކިހިނެތް ގެ ބޭނުމަކީ އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ވަރަށް އަދި އިއުލާންއެއް ކުރިއަސް ވެސް އަދި އޮފީސް ތަށް ހުޅުވާގެން އަޅުގަނޑުމެން ތިބިކަމުގައިވިޔަސް ވެސް. އަޅުގަނޑުމެންނަށް އަންނަ، އާދެވޭ ނާދެވޭ ބައިވަރު މީހުން ތިބިކަން ، އެއްކަހަލަ އެމީހުންގެ ގެތެރޭ ޙާލަތު ހުންނަގޮތުން އެހެންނޫނިއްޔާ ދާނެ ތަނެއް ނޭނގިގެން

އެގޮތުން ވަޒީރު ވިދާޅުވީ، ހާލު ކިހިނެއް ޕްރޮގުރާމްގެ ބޭނުމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެ ވުޒާރާއިން ހުޅުމާލޭގެ ހިޔާ ޓަވާގައި މަސައްކަތް ކުރެއްވިއިރު، އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ޑޮކްޓަރަށް ދެއްކުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި  އުމުރުން ދުވަސްވި ފާރަތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި ވަނީ ސިއްހީ ޙިދުމަތް ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

ހާލު ކިހިނެއް ޕްރޮގުރާމްގެ ތެރެއިން އެދަފަ ސިއްހީ ޙިދުމަތްތައް ރަނގަޅު ކުރުމަށް ހެލްތް މިނިސްޓްރީއާއިއެކު މަޝްވަރާ ކުރެވިފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: