ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ކެންޕެއިގައި އާސަންދައިގެ ތެރެއިން އައިވީއެފްގެ ޙިދުމަތަށް ގިނަ ފަރާތްތަކުން އެދުނު: މިނިސްޓަރ

އިޖުތިމާއި އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެންޕެއިންގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުން އައިވީއެފްގެ ޙިދުމަތަށް އާސަންދަ ދިނުމަށް އެދިފައިވާ ކަމަށް އިޖުތިމާއި އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަބާދީއަށް ބަލާއިރު އަންހެނުންނަށް ދިމާވާ އެއްމައްސަލައަކީ ދަރިމައިވުމުގެ މައްސަލައެވެ. މި މައްސަލައަށް ހައްލު ހޯދުމަށް ގިނަ ފަރާތްތަކުން ރާއްޖެއިން ބޭރަށް ގޮސް ޙިދުމަަށް ހޯދަމުން އާދެއެވެ. އެހެން ކަމުން މިފަދަ ޙިދުމަތްތައް ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސްގެ ވައުދެކެވެ.

މިކަމާއި ގުޅިގެން، ވަޒީރު ވިދާޅުވީ، ވައުދުވެފައިވާ ކަންތައްތަކުގެ ތެރެއިން އަންހެންނަށް ސިއްޙީ ނިޒާމުގެ ތެރެއިން އާސަންދަ ޙިދުމަތް މި އަހަރުގެ ތެރޭގައި ކާމިޔާބު ކަމާއެކު ލިބިފައިވާ ކަމަށެވެ. އަދި އެކަމަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާ އާސަންދައިން ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދުގެ ދަށުން މިފަރުވާ ބޭނުންވާ 100 ދެމަފިރިއަކަށް މިއަހަރު އާސަންދަ މެދުވެރިކޮށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވަނީ ނިންމަވާފައެވެ. އަދި އެކަމަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސާފައިވެއެވެ.

އައިވީއެފް ފަރުވާ ރާއްޖެއާއި ރާއްޖޭން ބޭރުންވެސް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އެގޮތުން ރާއްޖޭގެ ރަށަކުން މާލެ އަންނަ ފަރާތެއްނަމަވެސް އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދާނަމަވެސް ތިބުމުގެ ޚަރަދާއި ކެއިން ބުއިމުގެ ޚަރަދު މިފަރުވާގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެންސްޕާއިންވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: