ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލްކް ޕްރޮކިއުމެންޓްގެ ނިޒާމު ބޭނުންކޮށްގެން ބޭހުގެ އަގު ކުޑަކުރުމަށް ދަނީ މަސައްކަތް ކުރަމުން: ހީނާ

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑަބްލިއު.އެޗް.އޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް އަގުހެޔޮކޮށް ބޭސް ފޯރުކޮށްދިނުމަށް ބްލޮކް ޕްރޮކިއުމަންޓް އުސޫލުން މަސައްކަތް ކުރަމުންދާ ކަމަށް އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިޖްތިމާޢީ ކޮމިޓީގައި ބޭހުގެ އަގަށް ގެނެވޭ ބަދަލުތަކާއި އާސަންދަ ސްކީމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ހީނާ ވިދާޅުވީ ޑަބްލިއު.އެޗް.އޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، ރައްޔިތުންނަށް ބޭނުންވާ ބޭސްތަކުގެ ލިސްޓެއް އެކުލަވާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ބޭސްތަކުގެ އަގު ތިރިކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މިހާރުވެސް 10 ބާވަތެއްގެ ބޭސް ރާއްޖެއަށް ގެނެވި، ފާމަސީތަކުން ލިބެން ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާސަންދައިގެ ދަށުން ބޭސް ލިބުމުގައި ދިމާވާ އަގުބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި ފޯރަމްތަކުގައި މަޝްވަރާކުރެވިފައިވާ ކަމަށްވެސް ހީނާ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެކި ސަރުކާރުތަކުން ސިއްޙީ ނިޒާމު މެދުވެރިކޮށް ސިޔާސީ މަންފާ ހޯދަމުން ގޮސްފައިވާ ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ބެހޭގޮތުން ވާހަކަދައްކާއިރު، ސިޔާސީ ނުފޫޒުން އެއްކިބާވެ، ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ދޭންޖެހޭ ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

“ އަޅުގަނޑުމެން މި ދައްކަނީ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ވާހަކަ، މި ނިޒާމަކީ މި ގޮތަށް ބޭނުންކުރެވެންޖެހޭ ނިޒާމެއް ނޫން، އެއީ ކޮންމެ ގޮތަކަށް ވޭތުވެދިޔަ ތަނުގައި އެކަން ކަން ހިނގަމުން އައި ކަމުގައި ވީ ނަމަވެސް، ނުވަތަ އެ ނިޒާމު އެގޮތަށް ބޭނުން ކުރަމުން އައި ނަމަވެސް އެކަން ކަން މިހާރު ރަނގަޅު ވާން ޖެހޭ “ ހީނާ ވިދާޅުވިއެވެ.

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ރަނގަޅު ޙިދުމަތްތަކެއް ލިބެންޖެހޭ ކަމަށާއި އަދި ރައްޔިތުންނަށް އަތްފޯރާފަށުގައި ބޭސް ލިބެންޖެހޭ ކަމަށް ހީނާ ވަނީ ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ކަންކަން ރަނގަޅު ކުރުމަށްޓަކައި އިޖުތިމާއީ ރައްކާތެރިކަމުގެ އަދާލަތު ހަމަހަމަކޮށް ގެނެސް ދިނުމަށްޓަކައި މަސައްކަތް ކުރައްވަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެންމެ ގިނައިން ދޫކުރާ 250 ބޭހެއްގެ އަގު ކޮންޓްރޯލް ކުރުމަށް އެންސްޕާއިން ވަނީ ބަޔާނެއް ނެރިފައެވެ. އެގޮތުން އެކި ފޭސްތަަކަށް ބަހާލައިގެން ނޮވެންބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 126 ބޭހެއްގެ އަގަށް ބަދަލު ގެނެވޭނެ ކަމަށް ވަނީ ބުނެފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: