ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުޒީބު މުޖްތަމައުތަކުގައި ވެސް ވަކި ބަޔަކަށް، ވަކި ގޮތެއް ބަޖެޓުގައި ޖަހާފައި ނޯންނާނެ: މުހައްމަދު އިސްމާއިލް

ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުޒީބު މުޖްތަމައުތަކުގައި ވެސް އެ ގައުމެއްގެ ތަރައްގީއާއި ގުޅުން ހުރި ބަޖެޓު ފަރުމާ ކުރެވިގެން އަންނަނީ، ވަކި ބަޔަކަށް ވަކި އުސޫލެއް އޮންނަ މޭރުމުން ނޫންކަމާއި އޭގެ ނަތީޖާ ވެސް ފެންނަކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ބަހުސްގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، މިއީ ތާރީހުގައި މަޖިލީހަށް ވެރިއަކު ހުށަހެޅި އެންމެ ފުރިހަމަ ބަޖެޓުކަމަށެވެ. އަދި ވިދާޅުވީ މިއީ ވަކި ރަށަކަށް، ވަކި ބަޔަކަށް ފައިދާއެއް ނުވަތަ މަންފާއެއް ލިބިދޭ ގޮތަށް އޮތް ބަޖެޓެއް ނޫންކަމަށެވެ. މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ތަހުޒީބު މުޖްތަމައުތަކުގައި ވެސް ބަޖެޓު ފަރުމާ ކުރެވިގެން އަންނަނީ، ވަކި ބަޔަކަށް ވަކި އުސޫލެއް އޮންނަ މޭރުމުން ނޫންކަމަށެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ ހަރަދުތައް ކުޑަކޮށް މެނޭޖު ކުރާނެ ގޮތާއި، ދައުލަތުގެ އާމްދަނީ ބަލަހައްޓައި އިތުރު ކުރާނެ ގޮތުގެ ތަފްސީލު ވެސް ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އެގޮތުން ޓެކްސްތަކަށް ގެންނަ ބަދަލުތަކާއި، ބައެއް ޑިއުޓީ ފީތައް ބޮޑު ކުރުމަށް ހިމަނާފައި އޮތް އޮތުން މުހައްމަދު އިސްމާއިލް ފާހަގަކުރިއެވެ. އަދި އާމްދަނީގެ މަގު ފުޅާ ކުރުމަށް ގިނަ ފިޔަވަޅު އަޅާފައިވާކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން ބަލާލަމާ ހިނގާ، މިދިޔަ ފަސް އަހަރެއްގެ ތެރޭގައި، އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް އޮތްއިރުގައި ބަޖެޓުތައް ހެދިގެން އައިއިރުގައި އަޅުގަނޑުމެން ހަމަ 2020 ވަނަ އަހަރު 30.2 ބިލިއަން.. 2022 ވަނަ އަހަރު 37.1 ބިލިއަން 2023 ވަނަ އަހަރު 42.8 ބިލަން.. 2024 ވަނަ އަހަރު 50.9 ބިލިއަން.. މި އަދަދުތަކުން ދިވެހި ރައްޔިތުންނަށް ކުރީ ކޮން ފައިދާއެއްތޯ.. ރާއްޖޭގެ ތަރައްގީއަށް އެޅުނީ ކޮންކަހަލަ ހަރުދަނާ ފިޔަވަޅުތަކެއްތޯ..

މުހައްމަދު އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެސް އައި ވެރިކަމުގައި ފާސްކުރި ބަޖެޓުން ވެސް ރައްޔިތުންނަށްޓަކައި ހިންގި ޕީއެސްއައިޕީގެ މަޝްރޫއުއެއް ނުވަތަ ފެށި ޕްރޮޖެކްޓަކުން ވެސް ލިބުނު މަންފާއެއް ފެންނަން ނެތްކަމަށެވެ. އަދި ވިދާޅުވީ ބަޖެޓު ހުސްވެގެން ދިވެހި ދައުލަތުގެ އެސެޓު އޭރު ވިއްކާލިކަމަށެވެ. ކުންފުނިތަކުގެ ހިއްސާތަކާއި، އެއާޕޯޓު ވެސް ވިއްކާލައި މުޅި ދައުލަތް އެއްކޮށް އޭރު ހަލާކުގެ މަގަށް ވައްޓާލިތަން ދިވެހިރައްޔިތުންނަށް ފެންނާނެކަމަށް މުހައްމަދު އުސްމާއިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ވެސް ހަމަ އެ މަންޒަރު ތަކުރާރުވެ، ރައްޔިތުންނާއި ހަމައަށް ގެނެވުނު އަތްލެވޭ އެއްވެސް ތަރައްގީއެއް ނެތްކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ސާފުކޮށް މި ދެންނެވީ ތަރައްގީގެ އެއްވެސް މަޝްރޫއުއެއް މި ރާއްޖޭގައި ހިނގާފައެއް ނެތޭ.. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ މަރާމާތުތަކެއް. ބަނދަރެއް މަރާމާތު ކުރުން.. ސްކޫލެއް މަރާމާތު ކުރުން، މި ކަހަލަ ކަންތައްތަކެއް.. ނުހިނގާ ވާހަކައެއް ނޫން މި ދެންނެވީ

މީގެއިތުރުން މުހައްމަދު އިސްމާއިލް ވިދާޅުވީ މި އަހަރަށް އެމްޑީޕީ ފާސްކުރި ބަޖެޓުގައި ހިމަނައިދިނުމަށް އެދި ރައީސް މުއިއްޒު ހުށަހެޅުއްވި އެއްވެސް ކަމަކަށް އެމްޑީޕީ އިހުތިރާމްކޮށްފައި ނުވާކަމަށެވެ. ސަރުކާރަށް ދަތިކޮށް އުނދަގޫކޮށް، ބަނގުރޫޓު ކުރުމަށް މަސައްކަތް ކުރިކަމާއި ބަޖެޓު ފާސްކުރީ ވެސް އެ ގެއްލުން ދިނުމުގައި ނިޔަތުގައިކަން ސާފުވާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: