ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި ކަމަށް ބުނެ ކަސްޓަމްސްއިން ހިފެހެއްޓި ވޭޕް އޮއިލްގައި ޑްރަގެއް ނެތް: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ވޭޕް އޮއިލްގައި މަސްތުވާތަކެތި ހުރިކަމަށް ބުނެ ކަސްޓަމްސްއިން ހިފެހެއްޓި ޝިޕްމެންޓުގައި މަސްތުވާތަކެތި ނުހިމެނޭކަމަށް ފުލުހުން ބުނެފިއެވެ.

އެ ޝިޕްމަންޓް އަތުލައިގަތީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭއެވެ. ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެރޭ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ވޭޕް އޮއިލް ނުވަތަ ފްލޭވާގެ ނަމުގައި ރާއްޖެ އެތެރެކުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށެވެ.

ކަސްޓަމްސް އިން އެ ޝިޕްމަންޓް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު އޭރު ވަނީ ވޭޕް ކާޓްރެޖްތަކެއްގެ ފޮޓޯ ވެސް އާންމު ކުރައްވައިފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ބުނީ އެ ޝިޕްމަންޓުގައި ހުރި ތަކެތި ފުލުހުންގެ ލެބޯޓްރީން ޑްރަގަށް ޓެސްޓްކުރި ކަމަށެވެ. އަދި އެ ތަކެތީގެ ނަތީޖާއިން އެއީ މަސްތުވާތަކެތި ނޫން ކަމަށް ދައްކާފައިވާ ކަމަށް ޕޮލިހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: