ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖްކުރުމަށް ބީއެމްއެލްއިން ހުޅުވާލި ޕްރޮޖެކްޓް ކާމިޔާބުކުރި ޖަމިއްޔާތައް ހޮވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އާދަތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް)އިން ހިންގި ވޭސްޓް މެނޭޖްމަންޓް ގްރާންޓް ޕްރޮޖެކްޓް ކާމިޔާބުކުރި ފަރާތްތައް ހޮވައިފިއެވެ.

ކާމިޔާބުކުރި ފަރާތް:

1ލިވް އެންޑް ލާރން އެންވަޔަރަންމަންޓަލް އެޑިޔުކޭޝަން މޯލްޑިވްސް

ބޭންކުން ފޯރުކޮށްދޭ އާލާތްތައް: ތިން ގްލާސް ކްރަޝަރ މެޝިން

އާލާތްތައް ލިބޭ ރަށްތައް: ކ. ގާފަރު، އއ. އުކުޅަސް އަދި އދ. ދިގުރަށް

2. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)

ބޭންކުން ފޯރުކޮށްދޭ އާލާތްތައް: އެއް ގްލާސް ކްރަޝަރ މެޝިން އަދި އެއް ބޭލަރ

އާލާތްތައް ލިބޭ ރަށް: ހުޅުމާލެ

ބީއެމްއެލް އިން ވިދާޅުވީ މި މަސައްކަތުން ކުނިގޮނޑުތަކަށް އުކާލެވޭ ކުނީގެ މިންވަރު މަދުކޮށް ކުނި ނައްތާލުމުގެ ޚަރަދު ކުޑަކޮށް، އަދި ހަރުދަނާ ގޮތެއްގައި ރީސައިކަލްކުރުމުގެ މަސައްކަތް ކުރިއެރުވޭނެ ކަމަށެވެ.

މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: