ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލް ޕާސްޕޯޓް މަނާކުރުން އަވަސްކުރަން ގޮވާލާ ހުށަހެޅި ޤަރާރު ބޭރުކޮށްލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރ މަޙައްމަދު އިބްރާހީމް ހުށަހަޅުއްވައިފައިވާ، އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅަފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވައިލައި މިއަދުގެ މަޖިލިހުގައި ވަނީ  ޤަރާރެއް ހުށަހަޅައިފައެވެ. މި ގަރާރު މަޖިލިހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 15 މެންބަރުންނެވެ. އަދި މި ގަރާރު ބަލައިގަތުމާއި ދެކޮޅަށް 63 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

މި ގަރާރުގައި ބުނެފައިވަނީ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ބިލު ވަކިގޮތެއް ނުނިމި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހުއްޓިފައިއޮތް ސަބަބު ބަލައި، އެ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް ދެނެގަނެ ވީހާވެސް އަވަހަކަށް މި ބިލުގެ މަސައްކަތް ނިންމުމަށެވެ. އަދި ގަރާރުގައި ބުނެފައިވަނީ މި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ ކަމަށެވެ. އެފަދަ ކަންކަމުގައި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަންކަން ނިންމަވައި ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން މި އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް މިއަދުގެ މަޖިލިހުގައި ވަނީ ގޮވާލާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: