ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގައި ޤަވައިދާ ޙިލާފަށް އުޅުނު 33 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 33 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ތިލަފުށީގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންއަށް އަމާޒުކޮށް ޓާސްކުފޯހުން ހިންގާ ޙާއްސަ ރެއިޑް އޮޕަރޭޝަންގެ ތެރެއިން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު 33 ބިދޭސީންގެ ތެރޭގައި ޤަވައިދާ ޙިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.

ރާއްޖޭގައި ޤަވައިދާ ޙިލާފަށް އުޅެމުން އަންނަ ބިދޭސިން މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ، އެކަމާއި ގުޅުންހުރި ވުޒާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މިއަހަރު ވަނީ އަމާޒު ހިފާފައެވެ.

މި މަސައްކަތުގެ ތެރެއިން މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންދިޔަ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ފުރުވާލި ފަރާތްތަކުގެ އިތުރުން އިމިގްރޭޝަނުން ނޯޓިސްދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭގެ 138 ރަށެއްގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ހޯމްލޭންޑް މިނިސްޓްރީން މި އަހަރުގެ ޖޫން މަހު ފެށި އޮޕަރޭޝަން “ކުރަނގީ” ގެ ތެރެއިން 10،000 އަށް ވުރެ ގިނަ މީހުންގެ ޑޭޓާ މިހާތަނަށް ވަނީ ނަގައިފަ އެވެ. ސަރުކާރުގެ އަމާޒަކީ ޤަވައިދާ ޙިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި އެއްކޮށް ހައްލު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: