ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކަރަންޓު އުފައްދައިގެން ވިއްކަނީ ގެއްލުމުގައި: ޡާރިޤް

މޫސުމާއި، ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކަރަންޓު އުފައްދައިގެން ވިއްކަނީ ގެއްލުމުގައި ކަމަށް މޫސުމާއި، ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޡާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ޙާއްސަ އިންޓަވިއުގައި މިނިސްޓަރ ޠާރިޤް ވިދާޅުވީ ކަރަންޓަކީ ވަރަށް އަގުބޮޑު ހިދުމަތެއް ކަމަށާއި އޭގެ އެއް ސަބަބަކީ ރާއްޖެއިން ބޭރުން ތެޔޮ ގެނެސްގެން ކަރަންޓު އުފެއްދުން ކަމަށެވެ. މާލެއަށް ބަލާއިރުވެސް ކަރަންޓުގެ ޔުނިޓެއް އުފެއްދުމަށް ގާތްގަނޑަކަށް 3 ރުފިޔާ 50 ލާރި ހަރަދުވާ ކަމަށާއި އަދި އަތޮޅުތެރެއަށް ބަލާއިރު އެއަދަދު 4 ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކަރަންޓު ޔުނިޓެއް ސަބްސިޑައިޒް ރޭޓުގައި ނުވަތަ ކަރަންޓު ބިލަށް ބަލާލުމުންވެސް 0 އަކުން 100 ޔުނިޓަށް އިންނަނީ 1 ރުފިޔާ 50 ލާރިކަމަށާއި އަދި 100 އިން 200 އަށް އިންނަނީ ގާތްގަނޑަކަށް 2 ރުފިޔާއާއި އިތުރު އަދަދެއް ކަމަށެވެ. އެހެންކަމުން 400 ނުވަތަ 500 ޔުނިޓަށް ދާއިރުވެސް ތިންރުފިޔާ ބަޔަށްވެސް ނާރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”މިދަންނަވާ ބޭންޑުގެ ތިރީ ބޭންޑަކީ، އަސްލު ގެއްލުމުގައި މި ހިންގަނީ. ގެއްލުމުގައި ކަރަންޓު އުފައްދައިގެން މި ވިއްކަނީ. އެހެންވީމާ މިކަންތައް ކުރާކަމުގައި ވާނަމަ އެބަޖެހޭ އަޅުގަނޑުމެން އުފައްދާ ބަޔަކަށް އެ ގެއްލުން ކުޑަކުރެވޭނެ ގޮތެއް ހަދަން. އަނެއްކާ އަޅުގަނޑުމެންވެސް ކަރަންޓު އިސްރާފުކުރުން ކުޑަކުރަންޖެހޭ. ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގޭގޭގައި ބޭނުންކުރާ ކަރަންޓު އިސްރާފުކުރުން މަދުކުރަންވީ ގޭގޭގައިވެސް އަދި އޮފީސްތަކުގައިވެސް. ނިމިގެންދާއިރު ބޮކިތަކާއި އެއްޗިސްވެސް ނިވާ، އޭސީވެސް ނިވާ. އެސީ އަކީ އެންމެ ކަރަންޓު ހަރަދު ބޮޑުއެއްޗިސް“

މިނިސްޓަރ ވިދާޅުވީ އޭސީގެ ފިނިހޫނުމިން 16 ގައި އަބަދު ބެހެއްޓުމަކީ މުހިންމު ކަމެއް ނޫންކަމަށާއި، 25 ޑިގްރީގައި ބެހެއްޓިނަމަވެސް އޭސީން ބޭނުންވާ ފިނިމިން ލިބޭނެ ކަމަށެވެ. އެންމެ މުހިންމު ކަމަކީ މިހާރު އުޅެމުން އަންނަ ގޮތް ކޮންމެސް ވަރަކަށް ބަދަލުކޮށް ކަރަންޓު އިސްރާފުވާ މިންވަރު ކުޑަ ކުރުމަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިކަމަށްކުރާ މަސައްކަތަކީ ކަރަންޓު އެންމެ ގިނައިން ބޭނުންކުރާ ވަސީލަތްތަކަށް އަމާޒުކޮށްގެން ހަކަތަރި ޕްރޮގްރާމްގެ ނަމުގައި މުހިންމު މަސައްކަތެއް ފަށައި އެ ޕްރޮގްރާމްގެ ދަށުން ވަކި ”ސްޓިކަރ“ އެއް އޭގެން ކޮންމެ ވަސީލަތަކަށް ފޮރުކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އޭސީ، ފްރިޖް އަދި ދޮންނަ މެޝިން މިހާރު ވަނީ ހަކަތަރި ޕްރޮގްރާމްގެ ދަށުން ރޭޓް ކުރެވިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ”ސްޓިކަރ“ގެ ބޭނުމަކީ ހަކަތަރި ޕްރޮގްރާމްގެ ދަށުން ލެބަލްކޮށްފައިވާ ވަސީލަތްތަކަކީ އެހެންވަސީލަތް ތަކަށްވުރެ ކަރަންޓު ހަރަދު ކުޑަ އެއްޗިސްކަން ރައްޔިތުންނަށް އަންގައިދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއަށް މިފަދަ ވަސީލަތްތައް ގެންނަ ފަރާތްތަކުންވެސް ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަ ވަސީލަތްތައް ބަލައި އެ ފަދަ ތަކެއްޗަށް ފޯކަސްކޮށްގެން ރާއްޖޭގެ ބާޒާރަށް ގެނައުމަށް މިނިސްޓަރ ވަނީ އިލްތިމާޒް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: