ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރުުޤާން މިސްކިތަށް ގެއްލުންދިން މައްސަލައެއް ބަލަނީ

ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލަ ބަލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ފުރުޤާން މިސްކިތަށް ގެއްލުންދީފައިވާ މައްސަލަ މިއަދުގެ ފަތިހުގެ ވަގުުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މިސްކިތަށް ގެއްލުން ދީފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުުރުވަމުންދާއިރު، ފަތިސް ނަމާދަށް މީހުން ދިޔައިރު މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި، އޭގައި ހުރި އެޑެޕްޓަރުތައް ވަނީ ހަލާކުކޮށްލާފައެވެ. އަދި ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާފައިވާކަމަށް އާންމުންގެ މީހަކު މީސްމީޑިއާގައި ހިއްސާކޮށްފައިވެއެވެ.

އޭނާ ވަނީ މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯ ސުވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: