ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އެތެރެވި ލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ ޑްރަގު، މަގުމަތީ އަގު ބިލިއަނަކަށް އަރާ!

ލަންކާގެ މަސްބޯޓުން އަތުލައިގަތް މަސްތުވާތަކެތި/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާ ހިލާފަށް ދިވެހިރާއްޖެ އައިސް އުޅެނިކޮށް ހދ. އަތޮޅު ސަރަހައްދުން ފެނުނު ބޭރުގެ ބޯޓަކުން 400 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ހދ. މަކުނުދޫ ބޭރުން ފެނުނު އެ މަސްބޯޓު ނިސްބަތްވަނީ ސްރީލަންކާއަށް ކަމަށެވެ.

ބޯޓު ހިފެހެއްޓި އިރު، އޭގައި ތިބި ފަސް މީހުން ވެސް ނިސްބަތް ވަނީ އެ ގައުމަށެވެ.

މިއީ ތަހުގީގުގެ ކުރީކޮޅުކަމަށްވުމާއި އެކު މަސްތުވާތަކެއްޗާއި އެކު އެ މީހުން ރާއްޖެ ސަަރަހައްދަށް އިތުރުވީ ދިވެހިންތަކަކާއި ގުޅިގެންކަން ނުވަތަ ނޫންކަން ކަށަވަރު ނުވާކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަހުގީގަށް ލިބޭ މައުލޫމާތުތައް، މީޑިއާތަކަށް ހިއްސާ ކުރަމުންދާނެކަމަށެވެ.

ބޯޓުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ/ ފޮޓޯ: އެމްއެންޑީއެފް

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި އެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ 468.6 ކިލޯއަށް އަރަ އެވެ. ރޭ ދަންވަރު ފެނުނު މި ބޯޓުގެ މައްސަލަ ތަހުގީގު ކުރަން ފަށައި، މިހާރު ވަނީ ހދ. ކުޅުއްފުއްޓަށް ގެންގޮސްފަ އެވެ. އެއަށް ފަހު ބޯޓު ބަލައި ފާސް ކުރުމުގެ ތެރޭގައި ފެނިފައި ވަނީ 344 ކިލޯގެ މެތު، 124.6 ކިލޯގެ ކޮކެއިނެވެ.

ޝުޖާއު ވިދާޅުވީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: