ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ ރިޒާވުން 600 މިލިއަން ޑޮލަރު ހޭދަކުރަނީ ތެލަށް: މުނައްވަރު

އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ނޫސްވެރިންނާ ބައްދަލުކުރެއްވުން .---ފޮޓޯ: ނިޝާން އަލީ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިޒާވުން ބޮޑު އެއްޗެއް ހޭދަ ކުރަނީ ތެޔޮ ބިލަށް ކަމަށާއި އެގޮތުން ތެޔޮ ބިލަށް 600 މިލިއަން ޑޮލަރު ހޭދަ ކުރާ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ރިޒާވްގެ އެންމެ ބޮޑު ހޭދައެއް ކުރަނީ ތެލަށް ކަމަށެވެ. މުނައްވަރު ވިދާޅުވީ ތަޔޮ އެތެރެނުކުރެވޭ މިންވަރަށް ރިޒާވް ދަށްވާން ދިވެހި ރައްޔިތުން ބޭނުންނުވާނެ ކަމަށެވެ. ރިޒާވް ބޮޑު ކުރާ ވާހަކަ ދެއްކުމުން ބައެއް ކަންކަން ނުކުރުމަށް ގޮވާލަމުންދާ ކަމަކީ ހަމަޖެހޭ ވާހަކައެއް ނުންކަމަށް ވަނީ ވިދާޅުވެފައެވެ.

350 މިލިއަން ޑޮލަރު އަޅުގަނޑު އެބަ އިންޓަވޭޝަންކުރަން ބޭންކުތައް މެދުވެރިކޮށް. އޭގެތެރޭގައި ކާޑުގެ ބާވަތްތައް ގާތް ގަނޑަކަށް 25 މިލިއަން، މެޑިކަލްއަށް 25 މިލިއަން، ހައްޖާއި އުމުރާއަށް ގާތްގަނޑަކަށް 10 މިލިއަން، އަޅުގަނޑުމެންގެ ކިޔާވާ ކުދިންގެ ހަރަދަށް 45 މިލިއަން، އަދި ކޮންމެ ދިވެހި ރައްޔިތަކު ބޭރަށް ވަޑައިގަންނަވާއިރު 500 ޑޮލަރު މިދެނީ އަޅުގަނޑުމެންގެ ރިޒާވުން. ބައެއް ބޭފުޅުން ހީކުރައްވަނީ ބީއެމްއެލުންނޭ ދެއްވަނީ. އެހެންނަމަވެސް އެމްއެމްއޭއިން، އަޅުގަނޑުމެންގެ ރިޒާވުން މި ދެނީ“

އެމްއެމްއޭގެ އަމާޒަކީ ރައްޔިތުންނަށްދޭ 500 ޑޮލަރު ދެގުނަކުރުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެހެންނަމަވެސް މިކަން ކުރުމުގައި ފަސޭހަ ވެގެން ދާނީ އިންޑަސްޓްރީގެ ފަރާތުން އެހީތެރިކަން ލިބިގެން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިހާރު ހުށައަޅާފައިވާ ބިލަކީ ހިޔާލުހޯދުމަށް ހުށައަޅާފައިވާ ޑްރާފްޓް ބިލެއް ކަމަށާއި އަދި ޑްރާފްޓް ބިލުގެ މަގްސަދަކީ ފުޅާ ދާއިރާގައި މިކަމާމެދު މަޝްވަރާ ކުރުން ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މީގެއިތުރުން މުނައްވަރު ވިދާޅުވީ މީގެކުރިން ގަވާއިދު ނެރުނުއިރު މަޝްވަރާ ނުކުރައްވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، އެއާއި ހިލާފަށް ގާނޫނެއް އަންނައިރު މިކަން އިތުރަށް މަޝްވަރާ ކުރައްވަން އެމްއެމްއޭއިން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: