ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސްގެ އަރިހަށް، ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ނައިބު ރައީސްގެ އަރިހަށް، ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޔުނިސެފުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިޖުތިމާޢީ ކައުންސިލްގެ މުޤައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތާނގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވާފައެވެ.

ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން ދެއްކެވި ވާހަކަފުޅުގައި، ތައުލީމާއި، ސިއްހީ ހިދުމަތާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއްކަން ފާހަގަކުރައްވައި، އެކަމަށް ތައުރީފު ކުރެއްވިއެވެ.

މި ސަރުކާރުގެ 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭނަށް ތާއީދުކުރައްވާކަން ފާހަގަކުރައްވައި، ތިމާވެށީގެ މައްސަލަތަކާ ގުޅުންހުރި ވަފުދުތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އެކުލެވޭ ކަމަށްޓަކައި ތަޢުރީފު ކުރެއްވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައާއި، ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަތުމާ ގުޅުންހުރި މަޝްވަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އެކުގައި މަސައްކަތްކުރާ ބައިވެރިންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެފަރާތުން އެއްބަސްވެވަޑައިގަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: