ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދ. އަތޮޅުގައި ޕާސްޕޯޓް ޙިދުމަތް ފަށައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދ. އަތޮޅު ކުޑަހުވަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ”އިމުގެ“ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް މިހާރު ދ. ކުޑަހުވަދޫއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިގޮތުން، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، ޕާސްޕޯޓު ބަލައިގަންނަ ތަން ނުވަތަ ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ޚިޔާރުކުރެވޭނެއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ކުޑަހުވަދޫއިން އެދޭ ޕާސްޕޯޓުތައް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ލިބެން ހުންނާނެއެވެ. ރާއްޖޭގެ އެކި އަތޮޅުތަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބުމަކީ ގިނަ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެކެވެ.

ދ. ކުޑަހުވަދޫއިން ޕާސްޕޯޓު ލިބެން ފެށުމަކީ އެ ރަށުގެ ރައްޔިތުންނާއި އަދި އެ އަތޮޅުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އެ ރަށުގެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: