ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 21ގެ ނިޔަލަށް ލިބުނު އާމްދަނީ އިތުރު: ފިނޭންސް

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ: ފޮޓޯ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުންވަނީ ބަޖެޓުން 40.85 ބިލިއަން ރުފިޔާ ބޭނުންކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އާމްދަނީ އިތުރުވެފައިވާކަންވެސް ފާހަގަކުރެވެއެވެ. ނިމިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމުލަ 29.63 ބިލިއަން ކަމަށްވާއިރު މި އަހަރު މި މުއްދަތުގައި 29.85 ބިލިއަން ލިބިފައިވެއެވެ.

ނަމަވެސް ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު މި މުއްދަތުގައި ހަރަދުތައް އިތުރުވެފައިވާކަން ފެނިގެންދެއެވެ. މި އަހަރު މިހާތަނަށް ސަރުކާރުން ހަރަދުކޮށްފައިވަނީ 40.85 ބިލިއަންކަމަށްވާއިރު ނިމިދިޔަ އަހަރު މި މުއްދުގައި ހަރަދުކޮށްފައިވަނީ 40.58 ބިލިއަނެވެ. މިކަން ދިމާވި މައިގަނޑު ސަބަބަކީ ރިކަރެންޓު ހަރަދުތައް އިތުރުވެފައިވުންކަމަށްވާއިރު ކެޕިޓަލް ހަރަދުތައް ދަށްވެފައިވާކަން ފެނިގެންދެއެވެ.

މި އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހުގެ ނިޔަލަށް ރިކަރެންޓު ހަރަދުގެ ގޮތުގައި 28.66 ބިލިއަން ހޭދަކޮށްފައިވާއިރު ނިމިދިޔަ އަހަރު ހޭދަކުރީ 27.57 ބިލިއަނެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި މި އަހަރު ހޭދަކުރީ 12.19 ބިލިއަންކަމަށްވާއިރު ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 13.11 ބިލިއަން ހަރަދުކޮށްފައިވެއެވެ.

ލޯނު ދެއްކުމަށްޓަކައި ކުރި ހޭދަވެސް މި އަހަރު އިތުރުވެފައިވާއިރު ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރި އަދަދުތައްވެސް އިތުރެވެ. މި މުއްދަތުގެ ނިޔަލަށް ލޯނު ދެއްކުމުގެ ގޮތުން 2.08 ބިލިއަން ހޭދަކޮށްފައިވާއިރު އެސްޑީއެފްއަށް 997.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ޓެކްސް ނޫން އާމްދަނީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ލިބިފައިވާ މިންވަރަށްވުރެ ދަށްކަން ފެނިގެންދެއެވެ. މި އަހަރުގެ ތެރޭގައި ޓެކްސްގެ ގޮތުގައި 22.78 ބިލިއަން ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.53 ބިލިއަން ރުފިޔާއެވެ.

ރިކަރެންޓު ހަރަދުތަކުގެ ތެރެއިން މުސާރައާއި އުޖޫރަ އަދި ޕެންޝަންގެ ގޮތުގައި ކޮށްފައިވާ ހަރަދުތައް އިތުރުވެފައިވާއިރު އިދާރީ މަސައްކަތްތަކަށް ކޮށްފައިވާ ހޭދަވެސް އިތުރުކަން ފާހަގަކުރެވެއެވެ. ނިމިދިޔަ އަހަރު މުސާރައާއި އުޖޫރަ އަދި ޕެންޝަންގެ ގޮތުގައި ހަރަދުކޮށްފައިވަނީ 9.98 ބިލިއަންކަމަށްވާއިރު މި އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހުގެ ނިޔަލަށް 11.24 ބިލިއަން ހޭދަކޮށްފައިވެއެވެ. ނިމިދިޔަ އަހަރު އިދާރީ ހަރަދުތަކުގެ ގޮތުގައި ބޭނުންކޮށްފައިވަނީ 17.13 ބިލިއަނެވެ. މި އަހަރު ހޭދަކޮށްފައިވަނީ 17.28 ބިލިއަނެވެ.

ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށްޓަކައި 10.57 ބިލިއަންގެ ހޭދައެއްކޮށްފައިވާއިރު މި އަހަރު ހޭދަކޮށްފައިވަނީ 8.23 ބިލިއަނެވެ. މި އަހަރު މި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށްވާއިރު ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ހިއްކުމުގެ މަސައްކަތްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: