މާލޭ ސަރަހައްދުގެ ކެފޭތައް ބަލައި ފާސްކޮށް ޤަވައިދާ ޙިލާފަށް އުޅުނު 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެެވެ.
އިމިގްރޭޝަނުން ހިއްސާ ކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން، މާލޭގައި ހިންގަމުންދާ 09 ކެފޭއެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް އެ ތަންތަނުގައި މަސައްކަތް ކުރަމުންދިއަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، ފާއިތުވެދިތަ 2 ދުވަހު މާލޭގެ ކެފޭތައް ބަލައި ފާސްކޮށް ވިސާ ނެތި ޤަވައިދާ ޙިލާފަށް އުޅުނު 7 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ.
ރާއްޖޭގައި އުޅޭ ބިދޭސިންގެ މައުލޫމާތު އެއްކުރެއްވުމަށް ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގިގެ ނަމުގައި ހަރަކާތެއް ފަށައިފައެވެ. އަދި މިހާރުު މި އޮޕަރޭޝަން ވަނީ 136 ރަށެއްގައި ހިންގާފައެވެ. އޭގެތެރެއިން ނޮވެންބަރ 17 އާއި ހަމައަށް 12،113 މީހުންގެ ބަޔޯމެޓްރިކް މިހާރު ވަނީ ނަގައިފައެވެ.
މީގެ އިތުރުން ސަރުކާރަށް އަހަރެއްވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އަންނަ އަހަރުގެ މެދުތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

