ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

ދުނިޔޭގެ އެއިޑްސް ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުން އަންނަ އެއިޑްސް ދުވަހެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލް އަގްވާމީ އެއިޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެވެ. މި ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ އެއިޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ބަލި ފެތުރުމަށް މަގުފަހިވެދާފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުމެވެ.

ބައިނަލްއަޤުވާމީ އެއިޑްސް ދުވަހުގެ މިއަހަރުގެ ޝިއާރަކީ ”ޙައްޤު ހިޔާރުކުރޭ، އަހަރެންގެ ސިިއްޙަތު، އަހަރެންގެ ޙައްޤު“ މިއެވެ.

ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. މިހާރު ރާއްޖޭގައި ސިއްޙީ ޚިދުމަތް ދޭ ތަންތަނުންނާއި، މަދަނީ ޖަމްއިއްޔާ ތަކުންވެސް އެޗް.އައި.ވީ އަށް ޓެސްޓް ކުރުމުގެ ޚިދުމަތް ދެމުން ދެއެވެ.

އެއިޑްސް ފެތުރޭ ގޮތްތަކުގެ ތެރޭގައި ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު އަދި ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުން ހިމެނެއެވެ.

ޔުނައިޓެޑް ނޭޝަންސް އެއިޑްސް ޕްރޮގްރާމުން އާންމުކޮށްފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި 39 މިލިއަނަށްވުރެ ގިނަ މީހުން އެއިޑްސް ބަލި ތަހައްމަލު ކުރަމުންދާއިރު، މިދިޔަ އަހަރު އެކަނިވެސް 630،000ށް ވުރެ ގިނަ މީހުން ވަނީ އެއިޑްސްއާ ގުޅުންހުރި ބަލިތަކުގައި މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: