ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ޓީމެއް ޗައިނާގެ ސެމިނާއަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގައި ބާއްވާ ސެމިނާއެއްގައި ބައިވެރިވުމަށް ފުލުހުންގެ ޓީމެއް އެ ގައުމަށް ފުރައިފި އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން އިންތިޒާމުކޮށްގެން ހިންގާ ”ސެމިނާ ފޯރ އިންޓަމީޑިއެޓް އެންޑް ސީނިއާ ޕޮލިސް އޮފިސާސް“ ގައި ބައިވެރިވާން ފުރާފައިވަނީ 15 ފުލުހެކެވެ. މި ސެމިނާ ކުރިއަށް ދާނީ ޗައިނާގެ ހައިނަން ޕްރޮވިންސްގެ ހައިކޫގަ އެވެ. އެއީ 1 ޑިސެންބަރ އިން ފެށިގެން މި މަހުގެ 14 އާ ހަމައަށެވެ.

މި ސެމިނާގައި ބައިވެރިވާ ފުލުހުންގެ އޮފިސަރުންގެ ތެރޭގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމާ ސަޢީދާއި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް މުޙައްމަދު ދިމްހާމާއި ނަސްރުﷲ ޖަލީލުގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 12 ފުލުހަކު ހިމެނެ ވެ. މި ސެމިނަރގައި ބައިވެރިވާ އޮފިސަރުންނަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ގާނޫނީ ވިސްނުންފުޅުތަކާއި، ޗައިނާގެ ފުލުހުންގެ ސްޓްރެޓެޖީ، ފުލުހުންގެ ލީޑަރޝިޕް، ފްރޯޑް ހުއްޓުވުން، ކޮމިއުނިޓީ ޕޮލިސިން ނިޒާމު އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ.

މީގެ އިތުރުން، މައްސަލަތައް ތަހުގީގު ކުރުމާއި، ކެލިގްރަފީ އަދި ސްވޮޓް ޓެކްޓިކްސްއާއި (ސެލްފް ޑިފެންސް) އާ ގުޅޭ އަމަލީ ތަމްރީނުތައް ވެސް މި ސެމިނާގައި ދިނުމަށް ވަނީ ނިންމައިފައެެވެ. ފުލުހުން ބުނެފައިވަނީ މި ސެމިނާގައި ދިވެހި ފުލުހުންތަކެއް ބައިވެރިވުމަކީ ޗައިނާގެ ފުލުހުންގެ ތަޖުރިބާއިން އުނގެނި، އަދި ދެ ގައުމުގެ ފުލުހުންނާއި ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިއްމު ފުރުސަތެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: