ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ދުވަހު ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 3 ހަމައަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ ދުވަހަށް ހާއްސަކޮށްގެން މަސް ރޭހަކާއި، ކެއްކުމުގެ މުބާރާތެއްގެ އިތުރުން އާޓް އެގްޒިބިޝަނެއް ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒްއިން ނިންމައިފިއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ޒުވާނުންގެ ބައިވެރިކަން އިތުރުކުރުން ކަމަށެވެ. ޝިޔާރުން ބުނެދޭ ވާހަކައަކީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި އެ ސިނާއަތް ފުޅާކުރުމަށް ޒުވާނުންގެ ބައިވެރިވުން އަދި ޒުވާނުންގެ އިތުރުކުރުމުގެ މުހިންމުކަން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި ގިނަ ކަންކަން ރާވައިފައިވާ މިނިސްޓްރީން ވަނީ ބުނެފައެވެ. މަސްވެރިންގެ ދުވަހަށް ރާވައިފައިވާ ހަރަކާތްތައް ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ފެށޭނެ ކަމަށާއި އެދުވަހު ހާއްސަ މަސްރޭހެއް އޮންނާނެ ކަމަށް ވަނީ ބުނެފައެވެ. މި މަސްރޭސް ކުރިއަށް ދާނީ ހުޅުމާލޭގެ ލަކުޑި ޖެޓީ ސަރަހައްދުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަސް ރޭހުގައި ބައިވެރިވުމަށް ހުޅުވާލުމައިއެކު 20 ޓީމަކުން ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެއިތުރަށް ޑިސެމްބަރު 7 ވަނަ ދުވަހު ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށާއި 4 ބައިވެރިންގެ ޓީމަކަށް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް މައުލޫމާތު ވަނީ ދީފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފަހު ކޮންމެ ޓީމަކުންވެސް މުށި މަސް ބޭނުންކޮށްގެން 1 ”ސްޓާޓަރ“ ތައްޔާރުކުރަންޖެހޭނެ ކަމަށާއި އަދި ފާނަ ބޭނުންކޮށްގެން 1 ”މެއިންޑިޝް“ ތައްޔާރުކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރު ހަރަކާތެއްގެ ގޮތުގައި ޑިސެމްބަރު 12އިން 14އަށް ”އާޓް އެގްޒިބިޝަނެއް“ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މިނިސްޓްރީން ބުނެފައިވަނީ ޑިސެމްބަރު 12 އިން 13 އަށް މަސްވެރިންގެ ފޯރަމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެ ފޯރަމްގައި ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިންނާއި، ކުންފުނިތަކާއިއެކު އެއްތަނަކަށް އެއްވެސް މަސްވެރިކަމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި މަޝްވަރާކުރައްވާނެ ކަމަށެވެ. މި ފޯރަމް ވެގެންދާނީ މުހިންމު މައުލޫތަކަށް ވާހަކަދެކެވި ކަންކަމަށް ހައްލު ހޯދުމަށްޓަކައި މަޝްވަރާކުރެވޭނެ ފޯރަމަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: