ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޒާޖީ ޕޯސްޓެއްގެ މައްސަލައިގައި ޒުވާނަކު ފުލުހަށް ހާޒިރުކުރުމަކީ ދެރަކަމެއް: އަމީން ފައިސަލް

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޒާޖީ ގޮތެއްގައި ޒުވާނަކު ޓްވިޓަރގައި ޖަހާލި ޕޯސްޓެއްގެ މައްސަލައިގައި ފުލުހުންގެ މުއައްސަސާއަށް ހާޒިރުކޮށް ބަޔާން ނެގުމަކީ ދެރަ މައްސަލައެއްކަމަށާއި މިގޮތަށް ދިވެހިން މިޒަމާނުގައި ހިފެހެއްޓިދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުކޮށް ބަޔާން ނެގުމާއި ގުޅިގެން އެ ޕާޓީއިން ދަނީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ސަރުކާރުން ނިގުޅައިގަންނަމުންދާކަމަށް ބުނެ ސިޔާސީ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކުރިމަތީގައި ބޭއްވި ހަރަކާތުގެ ހަވާސާގައި ސަންގުޓީވީއަށް ދެއްވި އިންޓަވިއުގައި އަމީން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބައެއް މުހިންމު އަސާސީ ހައްގުތައް ކަށަވަރުވެގެންދިޔައީ ފެހި ގާނުނުއަސާސީ ވުޖޫދުވެގެން އައުމާއިއެކުކަމަށެވެ.

އަމީން ވިދާޅުވީ، މާޒީގައި ވެދިޔަ ކަންކަމަކީ ހިނގަން ނުޖެހޭ ކަންކަމުގެ ގޮތުގައި ގަބޫލުކޮށްގެން މިހާރު ކަންކަން ކުރެވެމުންދަނީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިންކަމަށެވެ. އަދި ދިވެހި ގާނޫނުއަސާސީ އެކުލެވިގެންދިޔައީ ބަސްބުނުން ފަދަ ހައްގުތަކެއް ލިބިގެންޖެހޭ ކަމަށް ގަބޫލުކޮށްގެންކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ދިވެހިން ވޯޓުދެނީ ވެރިކަމަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ވައުދުތަކަށް ކަމަށްވާއިރު ވެރިކަން ބަދަލުވެ ބައެއް ވެރިކަންތައް ފެށިގެންދާއިރު ފެނިގެން ދަނީ މީގެ ކުރިން ކުރަމުން އައި އެފަދަ ހުރިހާ މަސައްކަތްތަކެއް އަލުން ބަލުން ކުރަންޖެހިގެންދާ މަންޒަރުކަމަށެވެ.

އޭނާ ވިދާޅުވީ، ހަގީގަތަށް ބަލާއިރު މިއަދު މި ފެނިގެންދަނީ ވަރަށް ދެރަ ކަމެއްކަމަށާއި ޒުވާނަކު މަޒާޖީގޮތެއްގައި ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމަށެވެ. އަދި ވިދާޅުވީ އެ ވާހަކަތަކަކީ ވަކި މީހަކަށްވެސް ނިސްބަތްކޮށް ދެއްވި ވާހަކަތަކެއް ނޫންކަމަށްވާއިރު އަމިއްލައަށް އެވާހަކަތަކާއި ހަވާލުވެ އެކަމުން ނުނެއްޓިގެން އުޅޭތަން ފެނިގެންދާކަމަށެވެ. މެމްބަރު ވިދާޅުވީ، މިއަދު ކަންކަން ފެނިގެން ދަނީ ވަރަށް ދަތި އުނދަގޫ ގޮތަކަށް އޮތްތަންކަމަށާއި މިއީ އެއްވެސް ދިވެހި ރައްޔިތަކު ދެކެން ބޭނުންވާނެ މަންޒަރުތަކެއް ނޫންކަމަށެވެ.

އަމީން ވިދާޅުވީ، މިޒަމާނުގައި ދިވެހިން މިގޮތަށް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިގެން އޮބަހައްޓައި ހިފެހެއްޓިދާނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: