ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެކަކު ވެސް ހަމަހެން ހީނުވޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު އެމްޑީޕީއަކީ ދައްކާ ވާހަކައާއި ބަހާ އަމަލު ދިމާނުވެ، ހަމަހޭގައި ތިބޭ ބައެއްކަމާއި މެދު ސުވާލު އުފެދޭކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މުޖްތަމައުގެ އަމާންކަން ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި މައްސަލައިގައި އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) އަށް ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވީ އިއްޔެ އެވެ.

ޕޯސްޓުގެ މައްސަލައިގައި ފުލުހަށް ހާޒިރު ކުރުމުން، ދިފާއުގައި ދިން ބަޔާނުގައި ޝާފިއު ބުނެފައި ވަނީ އޭނާ އެކްސްގައި ޖަހާފައިވާ ޕޯސްޓު ނިސްބަތް ކުރީ ވަކި މީހަކަށް ނޫންކަމަށެވެ. އަދި އެ ޕޯސްޓުގައި ހަޑިހުތުރު ބަސްތަކެއް ބޭނުންކޮށްފައި ނުވާނެކަމަށާއި ދިން އިންޒާރެއް ވެސް ނޯންނާނެކަމަށް ބުންޏެވެ.

އެއީ އެއްވެސް މީހެއްގެ ހިތުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތަކެއް ލިޔެފައިވާ ޕޯސްޓެސް ވެސް ނޫންކަމަށް ބުނެ ބަޔާން ނިންމާލަމުން އޭނާ ބުނެފައި ވަނީ މައްސަލައިގައި އޭނާ އިތުރަށް ދެން ދައްކާނެ ވާހަކައެއް ނެތްކަމަށެވެ. އަދި ހަނު ހުރުމުގެ ހައްގުގެ ބޭނުން ހިފާކަމަށް ބަޔާނުގައި ވެއެވެ.

މި ޕޯސްޓަށް ދިން ރައްދުގައި ޝުޖާއު ވިދާޅުވީ އަމިއްލަ ދިފާއުގައި ހުރިހާ ވާހަކައެއް ދެއްކުމަށް ފަހު ހަނުހުރުމުގެ ހައްގު ބޭނުން ނުކުރާކަމަށެވެ. ނުވަތަ ހަނު ހުރުމަކީ އަމިއްލަ ދިފާއުގައި ހުރިހާ ވާހަކައެއް ދެއްކުމަށް ފަހު ހަނު ހުރިކަން އިއުލާނު ކުރުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބައެއް ފަހަރު ހަމަހޭގައި ތިބޭކަން ވެސް އޭނާއަށް ޔަގީން ނުވާކަމަށެވެ.

މިއަދު ޝާފިއު ފުލުހަށް ހާޒިރު ކުރުމުން އެމްޑީޕީގެ މެމްބަރުން ވެސް ވަނީ އެއްވެ އެ ސަރަހައްދުގައި މުޒާހަރާކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި އެވަގުތު ޕާޓީގެ ލީޑާޝިޕް ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: