ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް ފައި ނަގާ ބަޔަކު އަނިޔާވެރިކަމަށް ހިތްވަރު ދޭނަމަ، އެއީ ސީރިއަސް މައްސަލައެއް: ޚަލީލް

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ޝައުގުގައި މަސައްކަތް ކުރާ ސިޔާސީ ޕާޓިއަކަށް ނިސްބަތްވާ ބަޔަކު ނިކުމެ، އަނިޔާވެރިކަމަށް ހިތްވަރު ދީ ނުރައްކާތެރި ބަސްތައް ބޭނުން ކުރަމުން ދިއުމަކީ ގޯސް އަމަލެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ސަރުކާރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކެއްގެ މައްސަލަ ބަލަމުންދާކަމަށް އިދިކޮޅު އެމްޑީޕީ އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުންނެވެ. މުޖްތަމައުގެ އަމަންކަން ގެއްލޭ ގޮތަށް، އަނިޔާއެއް ދިނުމަށް ގޮވާލައި ޕޯސްޓެއް ކުރި މައްސަލައިގައި އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް މިއަދު ފުލުހަށް ހާޒިރުކޮށްފައި ވެއެވެ. އަދި އެމްޑީޕީ ވަނީ އެ ވަގުތު ފުލުސް އޮފީސް ސަރަހައްދަށް އޭނާއާއި އެކު އެއްވެ މުޒާހަރާކޮށް ސަރުކާރާއި ދެކޮޅަށް ބަސްތައް ލިޔެފައިވާ ބޯޑުތަކާއި އެކު އިހުތިޖާޖުކޮށްފަ އެވެ.

ސަރުކާރުން ހިޔާލު ފާޅު ކުރުމަށް ޖާގައެއް ނުދޭކަމަށް ކުރާ ތުހުމަތަށް ސަރުކާރުގެ މެމްބަރުން ބުނެފައި ވަނީ ގާނޫނުއަސާސީން އެ ހައްގު ލިބިދީފައި ވަނީ ވަކި އިމެއްގެ ތެރެއިންކަމަށެވެ.

އަނިޔާވެރިކަމުގެ ބިރުވެރި އަދި ނުރައްކާތެރި ބަސްތައް ބުނުމަކީ ޚިޔާލުފާޅުކުރުމާއި މިނިވަންކަމުގެ އިމުގެ ތެރޭގައި ކުރާކަމެއް ކަމަށް ދެކޭ ސިޔާސީ ޕާޓީއެއްގެ ސީރިއަސް މައްސަލަތަކެއް އުޅޭނެ. އަމުދުން ވެރިކަމަށް ފައިނަގާ ބަޔަކު މިކަން ދިފާޢުކުރާނަމަ، އެބައެއްގެ ވެރިކަމުގައި ރައްޔިތުން ވައްޓާލާނެ ބިރުވެރި ޙާލަތު ސިފަކުރެވޭނެ.

މައްސަލައިގައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލު ވިދާޅުވީ އަނިޔާވެރިކަމަށް ހިތްވަރު ދީ ނުރައްކާތެރި ބަސްތައް ބޭނުން ކުރުމަކީ ހިޔާލުފާޅުކުރުމާއި މިނިވަންކަމުގެ އިމުގެ ތެރޭގައި ކުރާކަމެއްގެ ގޮތުގައި ދެކޭ ސިޔާސީ ޕާޓީއެއްގެ ސީރިއަސް މައްސަލަތަކެއް ހުންނާނެ ކަމަށެވެ. އަދި ވެރިކަމުގެ ޝައުގުގައި މަސައްކަތް ކުރާ ބަޔަކު އެފަދަ އަމަލުތައް ކުރާނަމަ، އެފަދަ ޕާޓީއެއްގެ ވެރިކަމުގައި ރައްޔިތުން ވައްޓާލާނެ ބިރުވެރި ހާލަތު ސިފަ ކުރެވޭކަމަށް ޚަލީލު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގެ ޕޯސްޓުތަކުގެ މައްސަލައިގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވެސް ވިދާޅުވީ އަނިޔާވެރިކަމަށް ހިތްވަރު ދީ ހަމަޖެހުން ނަގާލުމަށް ގޮވާލާ މައްސަލަތައް ބަލައި ތަހުގީގު ކުރާނީ ވަކި ބަޔަކު އިސްތިސްނާ ކުރުމެއްނެތި ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ބަޔަކު ނުވަތަ އާންމުންގެ ޕޯސްޓެއްގައި ވެސް އެފަދަ ނުރައްކަލަށް ހުށަހެޅޭ ވާހަކައެއް ހިމެނޭނަމަ އަބަދުވެސް އެ މައްސަލައެއް ފުލުހުންގެ މުވައްސަސާއިން ބަލައި ސުވާލު ކުރާކަމަށް އިހުސާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: