ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއެސްއެމް މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް، ފައިސާ ލޯންޑަރ ކުރި މައްސަލައެއް ބަލަނީ!

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑަކުން ހިދުމަތް ދެނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިއުލް ސަޕްލައިގެ މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އޭގެއިން ލިބޭ ފައިސާއަށް ހިޔާނާތްވެ ލޯންޑަރ ކުރަމުންދާކަމުގެ ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ކުންފުނިތަކުގެ އެތެރޭގައި ހިނގާ ހިޔާނާތުގެ މައްސަލަތަކާއި، މުވައްޒަފުން މަގާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ނަގަމުން ދާނަމަ އެ މައްސަލައެއް ބަލާނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ފިއުލް ސަޕްލައިގެ މުވައްޒަފުންތަކެއްގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ފަށާފައިވާކަން ހާމަކޮށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މައްސަލައިގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން ވަނީ 10 މީހުންނާއި 2 ގެއެއް އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ މައްސަލައާއި ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނާއި، ބައެއް ލިޔެކިއުންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ތަހުގީގު ކުރިޔަށްދާ ވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ހޯދައި ފުރިހަމައަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން އިސްކަން ދޭކަމަށް އިހުސާން ވިދާޅުވި އެވެ.

ހިޔާނާތާއި ރިޝްވަތުގެ ކުށުގެ އެންމެ ފަހުން ފެންމަތިވީ އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީންނާއި ގުޅޭ ކަންކަމުގައި ފައިސާ ނަގާ މައްސަލައެކެވެ. ފަސް އޮފިސަރެއްގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލައިގައި ވެސް އެ މީހުން ދިރިއުޅޭ ތަން ބަލައި ފާސްކޮށް، އޮފިސަރުން ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނު ވަނީ ހިފަހައްޓާފަ އެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 63%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: