ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހައްމަދު ހަސަން މަރުވެފައިވަނީ ގެނބިގެން، އެކަމުގެ މީހެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޑޭޒީފެހި، މުހައްމަދު ހަސަން މަރުވެފައިވަނީ ގެނބިގެން ކަމަށާއި އެކަމުގެ މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އެ ރޭ ދަންވަރު ބަންދަރުމަތީގައި އުޅުނު މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެނިފައިވާ ކަމަށާއި އަދި ބަނދަރުގެ ވާޓަރު މަތިން އޭނާ ފެނިފައިވާ ކަމަށެވެ. އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދުން އެހެން އެއްވެސް މީހެއްގެ ހަރަކާތެއް ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ ބަނދަރު މަތިން މުހައްމަދު މޫދަށް ވެއްޓުނު ކަމަށް ބެލެވެނީ 2:55 ހާއިރު ކަމަށެވެ. އޭގެފަހުން އޭނާ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ހަށިގަނޑުގައި ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމުގެ ނިޝާންތަކެއް ހުރި ކަމަށާއި ނަމަވެސް މީހެއްގެ ފަރާތުން އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންނަމަވެސް މި މައްސަލާގެ ތަހުގީގު އެއްކޮށް ނިންމޭނީ ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓް ލިބުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: