ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއް: ރައީސް

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ރަސްމީއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ : ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރީންކުރާ ހިންމަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލުހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކަށް، މިއަދުން ފެށިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެ އިންތިޒާމު ސަރުކާރުން މިހާރުވަނީ ހަމަޖައްސަވައިފައެވެ. އަދި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށްވާ ތެޔޮ ލިބުމުގައި ހުރި ދަތިކަމަށް ޙައްލު ހޯދައި ދިނުމުގެ ގޮތުން މިއަދުން ފެށިގެން 4 ރަށެއްގައި ހުންނަ އެސް.ޓީ.އޯގެ ނުވަތަ އެފް.އެސް.އެމްގެ ސައިޓުތަކުން ”އެސްޓީއޯ ރޭޓް“ގައި އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަޤީންކަން، ރައީސް އިއްޔެ ވަނީ ދެއްވައިފައެވެ. އެއީ، ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ.ފެލިވަރު އަދި ސ. ހުޅުމީދޫއެވެ. އަދި ގއ. ކޫއްޑޫ އާއި ޅ.ފެލިވަރު ސަރަޙައްދުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުންވެސް ”އެސްޓީއޯ ރޭޓް“ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް އެސް.ޓީ.އޯއިން މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނު ވަނީ އިއްޔެ އިޢުލާން ކުރައްވާފައެވެ.

މީގެ އިތުރުން، އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮންނަ އިނާޔަތްތައް މަސްވެރިންނަށްވެސް ފަހިވުމަކީ މަސްވެރިން އެދި ތިބި ކަމެއްކަން ފާހަގަކުރައްވައި، މި ސަރުކާރުން އެކުލަވާލެއްވި މަސްވެރިންގެ ދަފުތަރަށް ޤާނޫނީ ޙައިޘިއްޔަތު ދެއްވުމަށް ނިންމެވިކަންވެސް ރައީސް އިއްޔެ ވަނީ ހާމަކުރައްވައިފައެވެ.

މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި، މިހާރަށްވުރެ ފުޅާކުރުމަށް މަސްވެރިންނާ ބައްދަލުކުރައްވައި، މަސްވެރީން ބޭނުންވާގޮތަށް ކަންކަން ނިންމެވުމަށް ރައީސް ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. މިގޮތުން މިދިޔަ ހަފުތާވެސް އެމަނިކުފާނު ވަނީ ކެޔޮޅުންނާ ބައްދަލުކުރައްވާފައެވެ. އަދި މީގެ ކުރިންވެސް އެމަނިކުފާނު ވަނީ މަސްވެރިންނާ، އަދި މަސްވެރީންގެ ބައެއް ޖަމްޢިއްޔާތަކާވެސް ބައްދަލުކުރައްވާ އެބޭފުޅުން ބޭނުންވާ ކަންކަން ބައްލަވައި އެކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މަސްވެރިކަމުން ހޯދޭ އާމުދަނީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި ބާނާ މަސް ވިއްކާނޭ ބޭރުގެ ބޮޑެތި މާރުކޭޓުތައް އިތުރަށް ހޯއްދެވުމަށާއި، ރާއްޖޭގައި މަހުގެ އުފެއްދުންތަކުގެ ކާރުޚާނާތައް އިތުރު ކުރައްވައި، މަސް ރައްކާކުރެވޭ ވަރު އިތުރުކުރެއްވުމަށް މި ސަރުކާރުގެ ފުރަތަމަ އަހަރު ވަނީ މަސައްކަތް ފަށްޓަވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: