ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން އެކި އިދާރާތަކުން ދައްކާ ވާޙަކަތައް ދިމާނުވޭ: ޝައުނާ

އެމްޑީޕީ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ކުރީގެ އެންވައިރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވާހަކަ ދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓިނު ބިލްޑިންގައި ރޯވި މައްސަލައިގައި އެކި ވުޒާރާތަކުން ދައްކާ ވާހަކަތައް ދިމާނުވާކަމަށް ކުރީގެ އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝައުނާވަނީ ތިނު ބިލްޑިންގައި ރޯވި މައްސަލައިގެ މައްޗަށް އަލިއަޅުއްވާފައެވެ. ޝައުނާ ވިދާޅުވީ، މި ހާދިސާއިންވެސް ސަރުކާރުގެ ނާގާބިލުކަން ފެނިގެންދާކަމަށެވެ. އެގޮތުން ސަރުކާރުގެ އެއް ވުޒާރާއިން ދައްކާ ވާހަކަތައް އަނެއް ވުޒާރާއިން ދައްކާ ވާހަކަތަކާއި ދިމާނުވާކަމަށާއި ދިމާވި މައްސަލަތައް ހައްލުކުރުމުގައި މަސައްކަތްތައް ކުރެވިގެންދިޔަގޮތުން ވަރަށް ބޮޑަށް މިސްމެނޭޖުމެންޓުގެ ގޮތުގައި ސިފަވެގެންދާކަމަށެވެ.

ޝައުނާ ވިދާޅުވީ، އެތައް ގަޑީރެއްވަންދެން ސަރުކާރުގެ މުހިންމު އެތައް އިދާރާއެއްހުރި އިމާރާތެއްގައި ރޯވަމުންދިޔައިރު ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ކަމާއި ގުޅުންހުރި އިސްވެރިން އެތަނުގައި ތިއްބެވިކަމަށާއި ފެނިގެންދިޔައީ ޝޯ ބައްލަވަން ތިބިފަދަ މަންޒަރުތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، މިކަމަކީ ސަރުކާރަށް މިހާތަނަށް ދިމާވި އެންމެ ބޮޑު އެއް ޗެލެންޖުގެ ގޮތުގައި ފެނިގެންދާކަމަށެވެ. ނަމަވެސް ހައްލުކުރުމުގައި ނާގާބިލުކަން ފެނިގެންދިޔަކަމަށާއި މިސްމެނޭޖުމެންޓުގެ މައްސަލަ އިންތިހާއަށް ފާހަގަކުރެވުނުކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމާއި ގުޅޭ މައުލޫމާތުތައް ރައްޔިތުންނާއި ހިއްސާނުކުރާކަމަށްވުމުން ސަރުކާރު ސިއްރުވެރިކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ޝައުނާ ވިދާޅުވީ، މި ހާދިސާގެ ތެރެއިން ގެއްލިގެންގޮސްފައިވާ މައުލޫމާތަކީ ކޮބައިކަން ސާފުނުވާކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ބައެއް އިސްވެރިންގެ ފަރާތުން ދައުލަތުގެ މުހިންމު މައުލޫމާތުތައް ގެއްލިފައިވާކަމުގެ ވާހަކަދައްކަވާފައިވާއިރު އެފަދަ މައުލޫމާތެއް އެތަނުގައި ނުހުންނާނެކަމަށް އެ އިދާރާތަކުގައި މަސައްކަތްކުރި ކުރީގެ މުއައްޒަފުން ޝޯޝަލްމީޑިއާގައި ދައްކަމުންދާ ވާހަކަތަކުން އެނގޭކަމަށެވެ.

ޝައުނާ ވިދާޅުވީ،  ގެއްލިގެން އުޅެނީ ކޯއްޗެއްކަން ސަރުކާރުން ވަރަށް ސާފުކޮށް ވިދާޅުވެދޭންޖެހޭކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ މުދަލާއި މާލިއްޔާތާއި ގުޅުންހުރި އެތައް މައުލޫމާތެއް އިޔާދަނުކުރެވޭ ގޮތަށް ގެއްލިގެންދިޔައީތޯ ސުވާލުކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި ހާދިސާ ހިނގައިދިއުމަށްފަހު ހަފްތާއެއް ވުމާއި ގާތްވެފައިވާއިރު އިސްވެ ފާހަގަކުރެއްވި މައުލޫމާތުތައް ރައްޔިތުންނާއި ހިސާބަށް ގެނެސްދެވޭނެ ވަރަށް ކަންކަން ދެނެގަނެވިފައިވާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ، އެ އިމާރާތުގައި 4 އިދާރާއެއްގެ މަސައްކަތްތައް ކުރެވެމުން އައިކަމަށްވުމުން މިކަމާއިމެދު ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރިކަމަށެވެ. އެހެންކަމުން އިޔާދަނުކުރެވޭ މިންވަރަށް ގެއްލިގޮސްފައިވަނީ ކޮން މައުލޫމާތުތަކެއްކަން ސާފުކޮށްްްްްް ބަޔާންކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: