ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑުގެ ލައިފް ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް، މުއްދަތު ހަމަވާން ބާކީ ދެ ހަފްތާ!

ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ތެރެއިން/ ފޮޓޯ: އެލައިޑް
ޝެއާރކޮށްލާ ކަހަލަދޯ؟

އެލައިޑުގެ ސެކަންޑްރީ ސުކޫލު އެކްސްޕެންސް ޕޮލިސީ މެދުވެރިކޮށް ކުއްޖާ ބޭރަށް ފުރަންޖެހޭ ހާލަތުގައިވެސް މާލީ އެހީތެރިކަން ލިބިގެންދާނެކަމަށް އެ ކުންފުނީގެ އެސިސްޓަންޓް އޮފިސަރު ދަހާ އަޝްރަފް ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނާއި ގުޅޭގޮތުން އެލައިޑްގެ ފަރާތުން މައުލޫމާތު ދެމުން ދަހާ ވިދާޅުވީ، ޕްރޮމޯޝަނާއި ގުޅިގެން ތަފާތު އެކްޓިވިޓީތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އޭގެ ތެރޭގައި އެލައިޑު ފެސްޓުގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން އެކި އުމުރުފުރާތަކުގެ މީހުންނާއި ބައްްދަލުކުރެވުނުކަން ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި ޕްރޮމޯޝަންގެ ތެރެއިން ފުރަތަމަ އަންނަ 50 ޕޮލިސީއަށް 50 އިންސައްތައިގެ ޑިސްކައުންޓެއް ފުރަތަމަ މަހުގެ ޕްރީމިއަމްއިން ލިބިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، ޑިސްކައުންޓު ލިބޭނީ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެންމެ ފުރަތަމަ އަންނަ 50 ޕޮލިސީއަށްކަމަށާއި އެންމެ ފުރަތަމަ ދައްކާނީ ދެ މަސް ދުވަހަށްވާ ފައިސާކަމަށެވެ.

ދަހާ ވިދާޅުވީ، ލައިފް އިންޝުއަރެންސްގެ ދަށުން ގިނަ އަދަދެއްގެ ޕްރޮޑަކްޓު ހިމެނޭކަމަށާއި ޕްރޮމޯޝަން ހާއްސަކުރެވިފައިވަނީ ސޭވިންގްސް އަދި ޕްރޮޓެކްޝަންއަށް ހާއްސަ ޕޮލިސީތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ ތެރޭގައި ސެކަންޑްރީ ސުކޫލު އެކްސްޕެންސު ހިމެނޭކަމަށާއި އެއީ ދަރިންގެ ކުރިމަގަށް ރިއާޔަތްކޮށް ނަގައިދޭ ޕޮލިސީއެއްކަމަށެވެ. އަދި ކަމަނަ ޕޮލިސީގެ ނަމުގައި އަންހެނުންނަށް ހާއްސަ ޕޮލިސީއެއްވެސް ޕްރޮމޯޝަންގެ ތެރޭގައި ހިމެނޭކަމަށް މައުލޫމާތު ދެއްވިއެވެ.

އެ ކުންފުނީގެ ކޭޝްބެކް ޕްލޭންތަކެއްވެސް ހުރިކަން ހިއްސާކުރެއްވިއެވެ. އަދި ބޭނުންވާ މުއްދަތަކަށް ޕޮލިސީތައް ނެގުމުގެ ފުރުސަތު އޮތްކަމަށެވެ. ސެކްންޑްރީ ސުކޫލު ޕޮލިސީއާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ދަހާ ވިދާޅުވީ، އެ ޕޮލިސީ ނަގަންޖެހެނީ ކުއްޖާއަށް ހަ އަހަރު ފުރުމުގެ ކުރިންކަމަށާއި އެކަމުގެ މަގުސަދަކީ ވީހާވެސް ދުރާލައި ތައްޔާރުކޮށްދިނުމުގައި އެހީވެދިނުންކަމަށެވެ. އަދި ސާނަވީ ތައުލީމުގެ ދުވަސްވަރުން ފެށިގެން މަތީ ތައުލީމާއި ޖެހެންދެންވެސް މި ޕޮލިސީގެ ދަށުން އެހީ ފޯރުކޮށްދޭނެކަމަށެވެ. އޭނާ ވިދާޅުވީ 13 އަހަރުން ފެށިގެން ވަކި އިންސައްތައެއް ޕޮލިސީއިން ވިތްޑްރޯކުރެވޭނެކަމަށާއި ކުއްޖާ ރާއްޖެއިން ބޭރަށް ދާންވީކަމަށްވީނަމަވެސް މައިންބަފައިންނަށް ޕޮލިސީ މެދުވެރިކޮށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

މި ޕޮލިސީ ނަންގަވާ ފަރާތްތަކުގެ މުއްދަތު ހަމަވެ ޕޮލިސީ ނިމުނުް ގަނޑުކޮށް ފައިސާގެ އަދަދެއް ބޯނަސްއްަކާއިއެކު ލިބޭނެކަންވެސް ފާހަގަކުރެއްވިއިރު ޕޮލިސީ ހިނގާ މުއްދަތުގައި ޕޭރެންޓަށް ކަމެއް ދިމާވެއްޖެނަމަވެސް އެލައިޑުން ޕޮލިސީ ކުރިއަށް ގެންދާނެކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: