ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެނޭ!

ސީމެކްސް ބޯޓު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީމެކްސް ބޯޓުން ދަތުރުކުރަނިކޮށް ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އައްޑޫ ސިޓީއިން މާލެ އައުމަށް ދަތުކުރަމުންދިޔަ ސީމެކްސް ބޯޓުގައި މަސައްކަތްކުރަމުންދިޔަ ނޭޕާލްގެ ފަޅުވެރިޔަކު ގެއްލުނު މައްސަލަ ފުލުހުންަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ރާޖް ކުމާރް ކިޔާ އެ މީހާ އުޅަނދުގައި ނެތްކަން އެނގިފައިވަނީ އައްޑޫ އާއި ފުވައްމުލައް ސިޓީ ދެމެދު ހިސާބަކުންކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.

އެމްއެންޑީއެފްއިން އެންމެ ފަހުން ދިން މައުލޫމާތުގައިވާގޮތުން އެ މުއައްސަސާއިންވަނީ ގެއްލުނު ފަޅުވެރިޔާ ހޯދުމުގެގޮތުން ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާރޗް އޮޕަރޭޝަނެއް މެދުވެރިކޮށް ބަލައިފައިކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކަނޑުމަގުންކަމަށްވާއިރު ގެއްލުނު މީހާ ފެނިފައިނުވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: