ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީއާ ގުޅޭގޮތުންް ފެންމަތިވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގަންޖެހޭ: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތި އުސޫލުން ބޭރުން ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީން) ގޮވާލައިފިއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، މި ސަރުކާރަށް އަހަރެއްވެގެންދާއިރު، ވައްކަމާއި ހިޔާނާތާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި މި ކަންކަން ބަލަން ޙަވާލުވެފައިވާ މުއައްސަސާތަކުންވެސް މިނިވަން ތަހުގީގެއް ހިންގާނެކަމަށް ފެނިވަޑައިނުގަންނަވާކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، އެޗްޑީސީގައިވެސް ހިނގައިގެން އުޅެނީ އާއިލީ ގޮތުން މަސްލަހަތު ހުރި ފަރާތްތަކަކާ ގުޅޭ މައްސަލައެއް ކަމަށާއި، މަސްލަހަތު އޮތް ހުރިހާ ފަރާތްތަކެއްވެސް ތަހުގީގުން އެއްފަރާތް ކުރަންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާގެ މައްޗަށް މިކަމުގެ ޒިންމާ އެޅުވުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

ހަމައެއާއެކު، މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އިހުމާލުވެސް އެބައޮތްކަމަށް މީކާއީލް ވިދާޅުވިއެވެ.

ހަމައެކަނި އެޗްޑީސީއާއި ބޯޑު މެމްބަރުން ސަސްޕެންޑު ކުރުމުގެ ފިޔަވަޅުން ނުފުދޭ ކަމަށާއި، އިތުރު ބޭފުޅުންވެސް މިކަމުގައި ސަސްޕެންޑް ކުރަންޖެހޭކަމަށްވެސް މީކާއީލް ވިދާޅުވިއެވެ. މީކާއީލް ވަނީ މި މުޅި މައްސަލައިގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: