ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓުތަކުގެ މައްސަލަ: ފުލުހުން

މާލޭގައި ބޭއްވި މުޒާހަރާއެއް ކޮންޓްރޯލްކުރަން އެސްއޯ ފުލުހުން ހަރަކާތްތެރި ވަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ތެރޭގައި އެންމެ ގިނައިން ރެކޯޑުކުރެވިފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށާއި ދެވަނައަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާ ކުށްތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ތެރޭގައި އެންމެ ގިނައިން އެ މުއައްސަސާއަށް ރެކޯޑުކުރެވިފައިވަނީ، ވައްކަމާއި ޓްރެފިކް މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ތެރޭގައި 3557 ވައްކަމުގެ މައްސަލަ ހުށައެޅިފައިވެއެވެ. އަދި 2709 ޓްރެފިކް އެކްސިޑެންޓުގެ މައްސަލަ އެ މުއައްސަސާއިން ތަފާސް ހިސާބުގައި ފާހަގަކޮށްފައިވާއިރު މަސްތުވާ ތަކެއްޗާއި ގުޅުންހުރި 1590 މައްސަލަ ހުށައެޅިފައިވާކަން ހާމަކޮށްފައިވެއެވެ.

މުދާ ގެއްލިގެން ހޯދުމަށް އެދި ހުށައަޅާފައިވާ 968 މައްސަލަ ފުލުހުންގެ ހިސާބުތަކުން ދައްކާއިރު ދެން އެންމެ ގިނައިން ހުށައެޅިފައިވަނީ މާރާމާރީގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ ތެރޭގައި 670 މިފަދަ މައްސަލައެއް ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ.

ހިޔާނާތްތެރިވުމުގެ 637 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަން ހިސާބުތަކުން ދައްކާއިރު މުއްދަލަށް ގެއްލުންދިނުމާއި ގުޅިގެން 635 މައްސަލައެއް ހުށައެޅިފައިވާކަން ފާހަގަކުރެވެއެވެ.

މި އަހަރުގެ ތެރޭގައި ފޭރުމުގެ 482 މައްސަލަ ހުށައެޅިފައިވާކަންވެސް ފުލުހުންގެ މައުލޫމާތުތަކުން ދައްކައެވެ. އަދި ޖިންސީ ކުށްތަކުގެ 309 މައްސަލައެއް ހުށައެޅިފައިވާކަމަށް ބުނެފައިވާއިރު ގެވެށި އަނިޔާއާއި ގުޅުންހުރި 236 މައްސަލަވެސް މި އަހަރުގައި ރެކޯޑް ކުރެވިފައިވެއެވެ.

ލިޔެކިއުން ނަކަލުކޮށް އޮޅުވާލުމުގެ 159 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާއިރު ޗެކު ބައުންސްވުމުގެ 7 މައްސަލަވެސް ފާހަގަކުރެވޭކަމަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: