ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

30އެމް ނުވަތަ އެއަށް ވުރެ މަތީ ޕެކޭޖަކަށް އަޕްގްރޭޑްކޮށްގެން ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު!

ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލިބޭ އިނާމު: ފޮޓޯ/ ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުގެ ލިމިޓެއްނެތް 30އެމް ނުވަތަ އެއަށްވުރެ މަތީ ޕެކެޖެއް ނަންގަވައިގެން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ސްމާޓް ޓީވީއެއް ހޯއްދެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މި ޕްރޮމޯޝަންގައި ލިމިޓެއްނެތް 30އެމް ޕެކޭޖް ނުވަތަ އެއަށް ވުރެ މަތީގެ ޕެކޭޖަކަށް އަޕްގްރޭޑްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވުމަށް ކަނޑައެޅިފައިވެއެވެ.

މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ގުޅިވަޑައިގަންނަވާ ފައިބަރ ބްރޯޑްބޭންޑު ކަސްޓަމަރުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ބައިވެރިވެވޭނެކަމަށް ބުނެފައިވެއެވެ. މި ޕްރޮމޯޝަނަށް ޝަރުތު ހަމަވާ ފަރާތްތައް އޮޓަމެޓިކުން ގުރުއަތުގައި ހިމެނިގެންދާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 65 އިންޗީގެ ސްކައިވޯތު – ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީއެއް ކަމަށް ހިއްސާކޮށްފައިވެއެވެ.

ދިރާގުގެ ލިމިޓެއްނެތް ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއްނެތި ސްޓްރީމްކުރުމަށާއި ގޭމްކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖުތަކެއްކަމަށް ބުނެފައިވެއެވެ. މި ތަފާތު ޕެކޭޖުތަށް މެދުވެރިކޮށް ދިރާގު ކަސްޓަމަރުންނަށް ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ އިންޓަރނެޓް ހިދުމަތް އެކި ސްޕީޑްތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތަކާ އެކު ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: