ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމްކުރަނީ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް (އައިޑީއޭސީ) ގާއިމްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މިއާއި ގުޅިގެން މިވަގުތު އެމްއެމްއޭއިން ކުރަނީ އައިޑީއޭސީ ސެންޓަރެއް ހެދުމާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތެވެ. މިހާރު ވަނީ މިކަމަށް އިއުލާންކޮށްފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އަންނަ އަންްގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އީމެއިލް ކުރުމަށް އެދިފައެވެ.

އެމްއެމްއޭއިން މައުލޫމާތުދެއްވާފައިވާ ގޮތުގައި އައިޑިއޭސީގެ މައިގަނޑު މަގުސަދަކީ ޝަރީއާ ހުއްދަކުރާ އުސޫލާ އެއްގޮތަށް ރާއްޖޭގެ މާލީ ދާއިރާ ބައްޓަން ކުރަން މަސައްކަތް ކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުގައި އިސްލާމިކް ފިންޓެކް ކުރިއަރުވައި ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ކުރިއަރުުވަން މަސައްކަތް ކުރުންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: