ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މަސައްކަތް ކުރަނީ ސަރުކާރާއި މެދު ނަފްރަތު އުފައްދައި، އެ ޕާޓީގެ ގޯސްތައް ފޮރުވަން: ސައްތާރު

ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ މަސައްކަތް ކުރަމުން ދަނީ، ސަރުކާރާއި މެދު ނަފްރަތު އުފައްދައި އެ ޕާޓީގެ ވެރިކަމުގައި ހެދި ގޯސްތައް ފޮރުވަންކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ނިންމައި، ފާސްކުރިތާ ގިނަ ދުވަސްވީ ނަމަވެސް އިދިކޮޅު އެމްޑީޕީ ދަނީ މިއީ ތަފްސީލެއް ނެތް ހަމައެކަނި ބަޖެޓުކަމަށް ބުނަމުންނެވެ. އަދި ޕީއެސްއައިޕީގެ މަޝްރޫއުތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ބަޖެޓުގައި ނެތްކަމަށް ބުނެ އެކަމަށް ފާޑުކިޔާފައި ވެއެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީތަކެއް ލިބުނު ނަމަވެސް އަދިވެސް ގިނަ ގޮންޖެހުންތައް ހުރިކަމަށް ސަރުކާރުން ބުނެފައި ވާތީ އެކަމަށް ވެސް ފާޑުކިއުން އަމާޒުކޮށްފައި ވެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސައްތާރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވެފައި ވަނީ ތިޖޫރީގައި ހުރި ފައިސާތަކާއި އެކު ނޫންކަމަށެވެ. އަދި ގައުމުގެ މާލީ ހާލަތު އޭރު އޮތީ، ރަނގަޅު މިނެއްގައި ނޫންކަން ވެސް ފާހަގަކުރި އެވެ.

ޕީއެންސީގެ ސަރުކާރު އައިއިރު، ތިޖޫރީއަށް ލާރި އަޅައި.. ތިޖޫރީއަކާއި އެއްކޮށް ނޫނޭ ހަވާލު ކުރީ.. ދެން  ބުނަނީ ހުރިހާކަމެއް އެނގި ހުރެ ނޫން ހޭ އައީ، ފެހި ސިގްނަލްއެކޭ.. މިވާހަކަތަކެއް މި ދައްކަނީ.. ބައްލަވާ އެކަންކަން ކުރާށޭ އައީ، އެ ބުނާ ކުޑަ ރަށަކާ ބޮޑު ރަށެއްގެ ޕްރޮޖެކްޓެއް ވެސް އޮއްވައޭ ރައްޔިތުން ބަދަލު ކުރީ.. އަޅުގަނޑުމެންގެ ވާހަކައަކީ ޒިންމާދާރުކަމާއި އެކު އިދިކޮޅު ޕާޓީގެ ޒިންމާ އަދާކުރާނަމަ ރަނގަޅު ގޮތުގައި ފަޑުކިޔާށޭ.. ފުރުސަތު ދޭށޭ..

ސައްތާރު ވިދާޅުވީ މި ސަރުކާރުގައި އެއްވެސް މަޝްރޫއުއެއް ކުރިޔަށް ނުދާކަމަށް ބުނެ ދައްކަމުން ދާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ބޮޑެތި އަދަދުތަކުން ދަރަނި ނަގައިގެން ގައުމަށް ލިބުނު ފައިދާއެއް އެބައޮތް ތޯ ސުވާލު އުފެއްދެވި އެވެ. މެމްބަރު ވިދާޅުވި ގޮތުގައި އޭނާގެ ދާއިރާ ހިމެނޭހެން އެތައް ރަށެއްގެ މަޝްރޫއުތައް ފަށައި ހުރި ނުނިމި އެވެ.

މީގެއިތުރުން ސައްތާރު ވިދާޅުވީ އެމްޑިޕީ މަސައްކަތް ކުރަމުން ދަނީ، މި ސަރުކާރު ބަދަނުނާމުކޮށް އެމްޑީޕީގެ ވެރިކަމުގެ ގޯސްތައް ފޮރުވަން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: