6000 އަށްވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ފަން ރަން 2024 ނިންމާލައިފި އެވެ.
އުރީދޫ ފަން ރަން 20 ޑިސެމްބަރު 2024 ގައި ހުޅުމާލޭގައި ބޭއްވި އިރު، 6،500 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.
ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ ނައިބު ރައީސް ބައިވެރިވެވަޑައިގެން ޝަރަފުވެރިކޮށްދެއްވި މި ހަރަކާތުގައި ހުޅުމާލެ އަކީ ކުލައާއި ފޯމާއި އުފާވެރިކަމުގެ ކާނިވަލަކަށް ބަދަލުވެގެން ދިޔައެވެ.
މި ހަރަކާތުން ދައްކުވައިދެނީ ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނެވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށާއި ފަރުދުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ވަގުތުތަކެއް އުފެއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތްތަކެވެ.
ހުޅުމާލެ އެޑިޝަންގެ ބޮޑު ކާމިޔާބީއަށް ފަހު އުރީދޫން ވަނީ ކުރިއަށް އޮތް ފަން ރަން ފުވައްމުލަކުގެ ރީތި ހިތްގައިމު މާހައުލުގައި ބާއްވަން ނިންމާފައެވެ.
އަދި ރަޖިސްޓްރީގެ ތަފްސީލާއި އަޕްޑޭޓް ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް ސަމާލުކަން ދިނުމަށް ބައިވެރިންނަށް ވަނީ ބާރު އަޅާފައެވެ.

